ސައިންސް ވެރިއަކު ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތުގައި
ސައިންސް ވެރިއަކު ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތުގައި
ޔޫއޭއީގައި ކޮވިޑް-19އަށް ތައްޔާރުކުރަމުން ގެންދާ ވެކުސިން ޓެސްޓް ކުރުމަށް 15،000މީހުން ވޮލަންޓިއަރ ކޮށްފިއެވެ.

އަބޫ ދާބީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔޫއޭއީގެ ހެލްތް މިނިސްޓަރ ވިދާޅުވެފައިވަނީ ކޮވިޑް19 އިން ރައްކާތެރި ކޮށްދިނުމަށް އުފައްދާ ވެކްސިން މިހާރު އިންސާނުންނަށް ޓެސްޓް ކުރުމުގެ ވަގުތު ޖެހިފައިކަމަށެވެ.އަދި އެކަމަށްމިހާރު ވަރަށް ބޮޑަށް ތައްޔާރު ވެފައިވާކަމަށް ވެސް ހެލްތް އެންޑް ކޮމިއުނިޓީ ޕްރޮޓެކްޝަން މިނިސްޓަރ، އަބްދުލް ރަހްމާން އަލް އޮވާއިސް ވިދާޅުވިއެވެ އަދިއެކަމަށް ބޭނުންވާ 15000މީހުން ވެކްސިން ޓެސްޓް ކުރުމަށް ތައްޔާރުގަ ތިބި ކަމަށާއި މިވެކްސިން ކާމިޔާބް ވެއްޖެނަމައެއީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މިނިސްޓަރ އަލް އޮވާއިސް ވިދާޅުވަނީ 2 ވެކްސިނެއް ތައްޔާރުކުރެވިފައި ވާއިރު އެ ދެ ވެކްސިންވެސް މިހާރު ތިންވަނަ މަރުހަލާ ކަޑަތުކޮށްފިކަމަށެވެ. ދެން ކުރިޔަށް އޮތީ އެއްމެ މުހިއްމު މަރުހަލާގެފެށުމެވެ. އެއީ އިންސާނުންނަށް އެވެކްސިން ދީގެން ކުރާޓެސްޓެވެ.

ޔޫއޭއީގެ އިތުރުން ވެސް ވަރަށް ގިނަ ގައުމުތަކުގެ ސައިންސްވެރިން ދަނީ މި ވައިރަހަށް ވެކްސިނެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ވެކްސިނެއް ކާމިޔަބުވެފައެއް ނުވެއެވެ. މިވެކުސިން ކާމިޔާބު ކާމިޔާބު ވުމަކީ އެތައްބައެއްގެ ވަރަށް ބޮޑު އުއްމީދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން