ޖަމިއްޔަތުއް ޞަލަފްގެ ރައީސް އައްޝެއިޚް އަޙްމަދު ސަމީރު
ޖަމިއްޔަތުއް ޞަލަފްގެ ރައީސް އައްޝެއިޚް އަޙްމަދު ސަމީރު
ހަރުކަށި ފިކުރުތަކަށް ބާރުއަޅާ ތަނަކަށް ރައްޔިތުންގެ މަޖްލީސް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖަމިއްޔަތުއް ޞަލަފްގެ ރައީސް އައްޝައިޚު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އިސްލާމީ އުސޫލުން ހެދުން އެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަށްވައި ޖިންސީގޯނާކުރަނީ އަންހެނުން ލާ ހެދުމަކުން ނޫން ކަމަށް ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިންނަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ، ރައްޔިތުންނަށް އިންޒާރުދީ، މީހުންގެ އަބުރާއި، ފުރާނަޔަށް ނުރައްކާވާ ޒާތުގެ ވާހަކަ ދައްކައި، މުޖުތަމަޢުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކަށް ބާރުއަޅާ ތަނަކަށް ރައްޔިތުން މަޖްލީސް ވުމީ، ތަހުޒީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



މީގެ އިތުރުން ޝެއިޚް ސަމީރު ވަނީ، ޖިންސީ ފުރައްސާރަކުރުމީ ޙައްލުކުރަން ޖެހިފައިވާ އިޖުތިމާޢީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، އެކަމަށް މަގުފަހިވާ ޒާތުގެ ބަދު އަޚްލާޤީ ކަންކަމަށް ހުރި ދޮރުތައް ބަންދު ކުރުމުގެ ބަދަލުގައި އެކަމަށް ބާރުއަޅަމުން ހަދާ ޤާނޫނަކުން އެކަން ޙައްލު ނުވާނެކަމީ މުޅި ދުނިޔެ ދެކެމުންދާ ޙަޤީޤަތެއް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އީވާ އިއްޔެ ތުހުމަތު ކުރެއްވި ގޮތުގައި "އަންހެނުންގެ އައުރަ ނިވާކުރާ ނަމަ ޖިންސީ އަނިޔާ ނުލިބޭނެ ކަަމަށް" ދޭހަވާ ފަދަ ގޮތަކަށް އިޔާޒް ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވައިފަ އެެވެ.

"ޑރ. މުހައްމަދު އިޔާޒް ޓްވިޓާ ހޭންޑުލްގައި ޖަހާލައިފައި، ޓީވީއަށް އަރާ އިނދެ ޝޭހު ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ، އިއްޒަތްތެރި ރައީސް، މިއީ މުޑުދާރު ވާހަކައެއް. މިއީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ވާހަަކަ ދައްކާ މީހުން އެކުރާ ކަމަކީ އިސްލާމްދީނުގެ ހަގީގީ ދަންނަ ބޭކަލުންނަށް ހުތުރު އެރުވުމެވެ. އަދި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވަައި އިޔާޒަށް އިންޒާރު ދެއްވަމުން އީވާ ވިދާޅުވީ "އޭނާ އެ ދައްކަވާ ވާހަކަ ހުއްޓުވާނެ" ކަމަށެވެ.

އިވާގެ ވާހަކަތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ އީވާގެ ވާހަކަ ކުށްވެރިކޮށް، އީވާ އެ ގޮންޖަހަނީ ކީރިތި ޤުރުއާނަށްކަމަށް ވިދާޅުވެ އޭނާ ތައުބާވުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން