އިންޑިއާއިން 500 ޓަނުގެ ހަކުރާއި 993 ޓަނުގެ ހަނޑޫ، ރާއްޖެ ގެނެސްފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
ކޯވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާތީ އެޤައުމުން މުދާ ބޭރުކުރުމުގައި ދަތިތަކެއް ހުރިނަމަވެސް، މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީ އިން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
މީގެއިތުރުން އިމާރާތްކުރުމުގެ ސިނާޢަތަށް ހުއްޓުމެއް އަޔަނުދިނުމަށް ގެންނަ 5000 މެޓްރިކް ޓަނުގެ ސިމެންތިވެސް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަމަށް އެންބަސީގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާ އެމްބަސީން މިގޮތަށް ޓްވީޓް ކުރި ނަމަވެސް މިއީ އެސްޓީއޯ އިން ގަނެގެން ގެނައި މުދަލެވެ. މި މައުލޫމާތު ރާއްޖޭގެ ޚާރިޖިއްޔާގެ އޮފީހުންވެސް ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު