ސެމްސަންގ ކުންފުނިން އަލަށް ނެރުނު އެސް 20 ސީރީސްގެ ފޯނުތައް މިއަދު ވިއްކަން ފަށައިފިއެވެ.
ސެމްސަންގ ކުންފުނިން ބުނީ އެސް 20 ސީރީސްގެ ފޯނުތައް މިއަދު ދުނީޔޭގެ 20 ޤައުމެއްގައި ވިއްކަން ފަށާފައިވާ ކަމަށެވެ. ސިންގަޕޫރާއި އެމެރިކާއާއި ވިއެޓްނާމް ފަދަ ޤައުމުތަކުގެ ބާޒާރަށް ސެމްސަންގ ގެ މި އާސީރީސްގެ ފޯނުތައް މިއަދު ވަނީ ނެރެފައެވެ.
ސަމްސަންގގެ މިފަހަރުގެ ސީރީސްގައި ހިމެނެނީ ގެލެކްސީ އެސް 20 އާއި ގެލެކްސީ އެސް 20 ޕްލަސްގެ އިތުރުން އެސް 20 އަލްޓްރާއެވެ. 5ޖީ ގައި މަސައްކަތްކުރާ ގޮތަށް ތައްޔާރުކޮށްފައިވާ މި އާސީރީސްގެ ފޯނުތައް ނެރެފައިވަނީ ކެމެރާގެ ސެންސަރގެ ބާރު ގަދަކޮށް ކޮންމެ މާޙައުލެއްގައިވެސް އެއްވެސް ދަތި ކަމެއްނެތި ރީތިކޮށް ފޮޓޯ ނެގޭ ގޮތަށެވެ.
މިފަހަރުގެ ސީރީސްގައި ހިމެނޭ ކުލަތަކުގެ ތެރޭގައި ކްލައުޑް ޕިންކާއި ކޮޒްމިކް ބްލެކް ހިމެނޭއިރު މި ފޯނުތަކުގެ އަގު އުޅެނީ އެއްހާސް އެމެރިކާ ޑޮލަރާއި އެއްހާސް ހަސަތޭކަ އެމެރިކާ ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު