އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ދިރާގާއި އުރީދޫ މޯލްޑިވްސްއާއެކު ކުރިއަށް އެބަދާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކަމާ ގުޅިގެން މާދަމާ ޖަވާބެއް ލިބޭނެ ކަމަށެވެ.
ރައީސް ޞާލިޙް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް އިންޓަނެޓްގެ އަގަށް ލުއި ގޮތެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އިންޓަރނެޓްގެ އަގު ހެއު ކުރުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް ސަރުކާރުން ކުރިން ބުނެފައިވަނީ އިންޓަރނެޓްގެ އަގަށް ބަދަލު އަންނީ 2022 ވަނަ އަހަރުގައި ކަމަށެވެ.
ސަރުކާރުގެ މިނިންމުމަށް ބަދަލު ގެނަސްފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އާންމު ގިނަ ޚިދުމަތްތަކެއް އިންޓަރނެޓް މެދުވެރިކޮށް ދިނުމާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާަލަތުގައި އިންޓަރނެޓްގެ ޚިދުމަތުގެ އަގުން ލުއެއް ދިނުމަށް ގިނަ ބަޔަކު އެދެމުންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު