ދާޚިލީ ވަޒީރު އައްޝައިޚް އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އައްޝައިޚް އިމްރާން ޢަބްދުﷲ
ފުލުހުންގެ ޚިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް ކަމަށް ދާޚިލީ ވަޒީރު އައްޝައިޚް އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އިމްރާން ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ފުލުހުންގެ ޚިދުމަތަށް ދަނީ މުހިއްމު ބަދަލުތައް ގެންނަމުން ކަމަށެށެ. އަދި މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ދާޚިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ނަމަވެސް ފުލުހުންގެ ހިދުމަތަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން، މިދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި ވެސް އެންމެ އިސް ސަފުގައި، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފުލުހުން ކަމަށެވެ. މިގޮތުން ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަންނަން ކުރާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން އިމްރާން ފާހަގަ ކުރައްވާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމުގައި އަންނަނީ ފުލުހުންގެ ހުރިހާ ހަކަތައެއް ބޭނުންކުރަމުންނެވެ.

މިނިސްޓަރގެ ޚިޠާބުގައި ފުލުހުންގެ ސްޓްރެޖިކް ޕްލޭން ތަންފީޒުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ލީޑަޝިޕް ގުޅިގެން ކުރާ މުހިއްމު މަސައްކަތް ބަލައިގަންނަކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން