ތަރުޖަމާން މަބްރޫކާއި ޑޮކްޓަރުންގެ ޓީމުން މީޑިއާއަށް މައުލޫމާތު ދެއްވަނީ
ތަރުޖަމާން މަބްރޫކާއި ޑޮކްޓަރުންގެ ޓީމުން މީޑިއާއަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކާ ކޮންޓެކްޓު ވުމުން އައްޑޫ ސިޓީން ބައެއް މީހުން އެކަހެރިކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މަބްރޫކު ވިދާޅުވީ އެކަހެރި ކޮށްފައިވާ މީހުންނަކީ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށެވެ. މި މުވައްޒަފުން އެކަހެރި ކުރަން ޖެހުނީ ފާއިތުވި 14 ދުވަހު ތެރޭގައި ދަތުރު ކޮށްފައިވާ މީހަކު ޑޮކްޓަރަށް ދެއްކުމަށް ދިއުމުން ޕްރޮޓެކްޓިވް ސާމާނު ނެތި ކޮންޓެކްޓު ވުމުން ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކި މީހާއަކީ މިމަހު 15 ގައި އިންޑިއާ މަގުން ރާއްޖެއައި މީހެއް ކަމަށެވެ.

އެކަހެރިކޮށްފައިވަނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން