ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، 2 މީހެއްގެ ސާމްޕަލް ނެގުމަށްޓަކައި ހުރަވަޅި އައިލެންޑް ރިސޯޓު މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، 2 މީހެއްގެ ސާމްޕަލް ނެގުމަށްޓަކައި ހުރަވަޅި އައިލެންޑް ރިސޯޓު މޮނިޓަރިންގ ޙާލަތަށް ގެނެވިފައި ކަމަށެވެ.
ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ފައްސި ވެފައިވަނީ 17 މީހެކެވެ. އޭގެ ތެރެއިން މިއަދާއި ހަމައަށް 11 މީހަކު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ 4 މީހަކަށް ކަމަށާއި ބާކީ ތިބި ދެ މީހުން ތިބީ ރަޝިއާގައި ކަރަންޓީނުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު