ކަރަންޓީން ކުރެވޭ އެންމެންވެސް، ކަރަންޓީން ފެސިލިޓީން ދޫކޮށްލުމުގެ ކުރިން ޓެސްޓުކުރުމަށް ނިންމައިފިއެވެ.
ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަލީ ލަތީފު ވިދާޅުވީ އެގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލި އައު އުސޫލުގެ ދަށުންނެވެ. ސަބަބެއްކަމަށް ޑޮކްޓަރ ވިދާޅުވީ ޓެސްޓުކުރުމަށް ބޭނުންވާ މިންވަރަށް ޓެސްޓު ކިޓްތައް ލިބިފައިވާތީކަމަށެވެ. އަދި ރާއްޖެ އަންނަ ކޮންމެ މީހަކުވެސް ކަރަންޓީން ފެސިލިޓީއަށް ގެންދާއިރު، ކަރަންޓީން ފެސިލިޓީން ދޫކޮށްލުމުގެ ކުރިން ޓެސްޓުކުރާނެ ކަމަށެވެ. މިވަގުތު މުޅިރާއްޖޭގައި ކަރަންޓީނު ފެސިލިޓީތަކުގައި 860 މީހުން އެބަތިބިކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި އިތުރު މަޢުލޫމާތަށް ބަލާއިރު، މިވަގުތު ރާއްޖޭގައި އައިސޮލޭޝަންގައި ތިބި މީހުންގެ ޖުމްލަ ޢަދަދަކީ 23 އެވެ. އެއީ ވެލިދޫ އައިސޮލޭޝަން ފެސިލީޓީގައި ތިބި 20 މީހުންނާއި، ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބި 3 މީހެކެވެ.
މީގެ އިތުރުން ފްލޫ ކްލިނިކްތަކުން މިހާތަނަށް 4660 މީހުން ޚިދުމަތް ހޯދަން ގޮސްފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި 257 މީހަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޚިދުމަތް ހޯދާފައިވެއެވެ.
މިހާތަނަށް މުޅިރާއްޖެއިން 908 ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެ ތެރެއިން 891 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 17 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު