ރައީީސް މުހަންމަދު ނަޝީދު
ރައީީސް މުހަންމަދު ނަޝީދު
ރާއްޖެއަށް ބޭނުންވާ ކާޑާއި، ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާ ގެ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި އުނދަގޫ ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ކާޑާއި، ބޭސް ފޯރުކޮށްދެމުންދާތީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކެއް ހިލޭ ދީފައެވެ. އަދި އެސްޓީއޯއިން ރާއްޖެ ގެނައުމަށް މަސައްކަތްކުރި ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ދިމާވި ދަތިތައް ފިލުވައިދީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިދިޔަ ހުކުރު ދުވަހު އެތަކެތި ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އިންޑިޔާ ބަންދު ކޮށްފައި އޮތް ނަމަވެސް ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ލިބޭނެ ކަމުގައި ރާއްޖޭގައި ހުންނަ އިންޑިޔާ ސަފީރުގެ އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން