ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ލ. ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން އެރަށަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކުނަހަންދޫ ކައިރީގައި އޮތް ސަފާރީ އަކުން ދެ މީހަކު އެރަށަށް ފައިބާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 10:14 ހާއިރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދު 39 އަހަރާއި 37 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ގަން ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެޅި ފިޔަވަޅުތަކުގެ ތެރެއިން ރިސޯޓްތަކަށް ދަތުރު ކުރުމާއި އަރައި ފޭބުމުގެ އިތުރުން ޓޫރިސްޓުން ރަށްރަށަށް ގެންދިއުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކާޝަނަށް ރަށްރަށަށް ދިއުން ވެސް މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު