ސްޕޭސް އެކްސްގެ ސްޓާލިންކުން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތުގެ ފުރުޞަތު އާންމުކޮށް ރާއްޖެއަށް ހުޅުވާލައިފިއެވެ.

ސްޓާލިންކުން ބުނީ 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ މި ހިދުމަތަށް ދައްކަން ޖެހޭނީ މަހަކު 1،000 ރުފިޔާ ކަމަށެވެ.

ސްޓާލިންކް އިންޓަނެޓް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ހާޑްވެއާ ޕެކޭޖުގައި ހިމެނެނީ ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. ޝިޕިންގ ފީއާއެކު 10300 ރުފިޔާއަށް ލިބޭ އެތަކެތި ޕްރީ އޯޑާކުރާ ފަރާތްތަކަށް ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ސްޓާލިންކުން މަޢުލޫމާތު ދެއެވެ.

މި ޚިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ތަފާތު ހިދުމަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސެޓެލައިޓު ޓެކްނޮލޮޖީއަށް އިތުރަށް ބަރޯސާ ވާން ޖެހޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފެއްދި ކުންފުނި "ސްޓާލިންކް ސަވިސަސް މޯލްޑިވްސް"އަށް ދިވެހި ސަރުކާރުން އައިއެސްޕީ ލައިންސަންސް ދޫކުރީ މިއަހަރުގެ އޮގަސްޓް މަހު 24 ވަނަދުވަހުއެވެ. ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތަކީ މިހާރުވެސް ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުގައި ކާމިޔާބު ކަމާއެކު ދެމުން އަންނަ ޚިދުމަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


9

ވ

10-Nov-2023

މީއިޒުރޭލައް ގުޅުމެއް ނޯނަބައެއްތޯ


1

މުހަޣންމަދު ރިޔާޒު

10-Nov-2023

ތިވަރު ބޮޑު



ޓްރެންޑިން