މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.

މިކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެންގުމުގައި ވަނީ މިރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާކަމަށެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅެއް ކަމަށާއި، މި ފިޔަވަޅު ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަންގާކަމަށް ވެސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން