ޑރ. މުރާދު
ޑރ. މުރާދު
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު 2 މީހުން ރަނގަޅުވެ ބައްޔަށް ޕޮޒިޓިވް ވި ދެ ދިވެހިން ފިޔަވައި އެހެން އެންމެން ރަނގަޅުވެއްޖެއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ، ވެލިދޫގައި ކަރަންޓީން ކޮށްފައިވާ ދެ ދިވެހިން ފިޔަވައި އެހެން އެންމެން މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މި މަހުގެ 7 ން ފެށިގެން ރާއްޖެ އިން ޕޮޒިޓިވް ވި ފުރަތަމަ 13 މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. ކޯވިޑް-19 އަށް ދެ ދިވެހިން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ މީހާ ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހުއެވެ. ދެވަނަ މީހާ ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާން ކުރީ މިއަދުއެވެ. އެ ދެ ދިވެހިންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައި ތިބި މީހުންނެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ތިއްބާ ރަނގަޅުވި ދެ މީހުން އަދިވެސް ތިބީ އެތަނުގައި ކަމަށެވެ. އެ މީހުންގެ މައިގަނޑު މުއްދަތު ކަމަށް ބަލަނީ އެއް މަސްދުވަސް ކަމަށާއި، އެހެންނަމަވެސް ވެލިދޫގައި ތިބިމީހުން ބަލި ރަނގަޅުވުމަށް ފަހު 14 ދުވަސް ވަންދެން އެތާނގައި ތިބެން ޖެހޭނެ ކަމަށެވެ. މިއަދު ނެގެޓިވް ވި މީހުން ވެސް 14 ދުވަސް ވުމުން ޓެކްނިކަލް ސައިޑުން އެމީހުން ޑިސްޗާޖް ކުރެވޭނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން