ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މައިމޫނާ
ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް މައިމޫނާ
ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސިނަމާތަކާއި،ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު އެންގުމެއްގައި ވަނީ 30 މާރޗް 2020 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސިނަމާތަކާއި،ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމަށް އަންގަފައެވެ.

މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅެއް ކަމަށާއި، މި ފިޔަވަޅު ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވެސް ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް ނެރުއްވާފައިވާ މި އެންގުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން