ތަރުޖަމާން މަބްރޫކާއި ޑޮކްޓަރު މުރާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ތަރުޖަމާން މަބްރޫކާއި ޑޮކްޓަރު މުރާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާލޭގެ ގެސްޓްހައުސް އެއްގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ބިދޭސީމީހާ ކޯވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް އެޗް.ޕީ.އޭ އިން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެޗް.ޕީ.އޭ އިން މިގޮތަށް ބުނީ މަރުވެފައި އޮއްވާ ފެނުނު މި ބިދޭސީމީހާއަކީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ މަރުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް-19 އަށް ޓެސްޓްކުރެވިފައިވާ ކަމަށާއި، ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށް އެޗްޕީއޭ އިން މިރޭ ބުންޏެވެ.

މި މީހާ ހުންއައުމާ ގުޅިގެން، މީގެކުރިން އޭޑީކޭއަށްވެސް ވަނީ ދައްކާފައެވެ. އޭޑީކޭއިން ހެދި ޓެސްޓްތަކުން ދައްކާ ގޮތުން އޭނާއަށް ޑެންގޫ ޖެހިފައިވާކަން ހާމަވާ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން