(ވ) ސައިރިކްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރު، ފާތިމަތު ޝަމްޒާ އިބްރާހީމް.
(ވ) ސައިރިކްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރު، ފާތިމަތު ޝަމްޒާ އިބްރާހީމް.
ސައިރިކްސް ކޮލެޖަކީ ދިވެހިރާއްޖޭގައި މެދުނުކެނޑި މަތީ ތަޢުލީމު އުނގަންނައިދިނުމުގައި އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު މަތީ ތަޢުލީމުދޭ މަރުކަޒޭ ދެންނެވުމީ ކުށަކަށް ނުވާނެއެވެ. އަދި އެއީ ކިޔަވައިދިނުމުގެ ފެންވަރާއި ހިންގުމުގެ ގާބިލުކަމަށް ބަލާއިރު ރާއްޖޭގެ އެންމެ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަންވެސް ހޯދާފައިވާ މަތީ ތަޢުލީމުގެ މަރުކަޒުކަމުގައި ގިނަ ބަޔަކު ގަބޫލުކޮށް ބަލައިގަނެއެވެ.

އެގޮތުން ސައިރިކްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރު، ފާތިމަތު ޝަމްޒާ އިބްރާހީމް މަތީ ތައުލީމު ހާސިލު ކުރުމަށް ސައިރިކް ކޮލެޖު ހިޔާރު ކުރީވެސް ކިޔަވައިދިނުމުގެ ފެންވަރާއި ތަޖުރިބާ އަށް ބަލައި، މުޅި ދިވެހިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ކޮލެޖެއްކަމަށް ވާތީ ކަމަށް އޭނާވެސް ފާހަގަކުރެއެވެ.

ޝަމްޒާ އަކީ ސަރިކްސް ކޮލެޖުގައި އިންފޮމޭޝަން ޓެކްނޮލޮޖީއިން ބެޗެލާސް ޑިގްރީ ހާސިލު ކުރަމުންދާ ދަރިވަރެކެވެ. އަދި މިއަހަރަކީ ސައިރިކްސް ކޮލެޖުގެ ދަރިވަރެއްގެ ހައިސިއްޔަތުން އޭނާ ހޭދަކުރާ ހަތަރުވަނަ އަހަރުކަމަށް ޝަމްޒާ ފާހަގަކޮށްފައިވެއެވެ.

ސައިރިކްސް ކޮލެޖުގެ ދަރިވަރެއްގެ ހައިސިއްޔަތުން ރަސް އޮންލައިނާއި ވާހަކަ ދައްކަމުން ޝަމްޒާ ބުނީ ސައިރިކްސް ކޮލެޖު ހިޔާރު ކުރީ، ސްކޫލް ނިންމައި، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށްދާން ނިންމި އިރު، މިދާއިރާއިން ފެންވަރު ރަނގަޅު ތައުލީމެއް ހާސިލު ކުރުމަށް އެންމެ ފާހަގަކޮށްލެވުނު ކޮލެޖަށް ވާތީ ކަމަށެވެ. އަދި މިދާއިރާ އަކީ މާގިނައިން އަންހެން ކުދިން ފެންނަ ދާއިރާއެއް ނޫން ކަމަށްވީނަމަވެސް، ކިޔަވަންދާ އަންހެން އަދި ފިރިހެން ދަރިވަރުންވެސް ތަފާތު ކުރުމެއް ނެތި ސައިރިކްސް ކޮލެޖުން ބަލައިގަންނަކަން ޝަމްޒާ ފާހަގަކުރިއެވެ.

މީގެއިތުރުން، ދަރިވަރުންނަށް ތައުލީމު އުނގެނުމަށް ކޮލެޖުގެ ލެކްޗަރާއިންގެ އިތުރުން މެނޭޖުމަންޓުގެ ފަރާތުން ޕޮޒިޓިވް މާހައުލެއް ބިނާކޮށްދިނުން މިއީ ސައިރިކްސް ކޮލެޖުގެ ހާއްސަކަން ފާހަގަކޮށްދޭކަމެއްކަމަށް ޝަމްޒާ ބުންޏެވެ. އަދި ހަމައެއާއެކު، ދާއިރާއިން ތަޖުރިބާ ލިބިފައިވާ ލެކްޗަރާއިންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުން ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަންވެސް ޝަމްޒާ ފާހަގަކުރިއެވެ.

"ލެކްޗަރާއިންގެ ގޮތުގައި އަންނަނީ މިދާއިރާއިން ކިޔެވުމުގެ އިތުރުން މިދާއިރާއިން ވަރަށް ތަޖުރިބާ ލިބިފައި ތިބި ލެކްޗަރާއިން. މީގެ ސަބަބުން މިދާއިރާއިން ކުރިއަށްދާން ހިތްވަރު ލިބޭ. އަދި މިދާއިރާއިން ކުރިއަށްދިއުމަށްވެސް އެމީހުން ވަރަށް ހިތްވަރުދޭ." ޝަމްޒާ ބުންޏެވެ.

ސައިރިކްސް ކޮލެޖު ހިޔާރު ކުރަންވީ ސަބަބު ތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޝަމްޒާ ބުނީ، "ސައިރިކްސް އަކީ ކޮންމެ ދަރިވަރަކަށް ވެސް ތަފާތު ކުރުމެއްނެތި އުފަލާއެކު މަރުހަބާ ކިޔާ އަދި ކުރިއަށްދާންވީ މަގު ދައްކައިދޭ ، ޓީޗަރުންނާއި، މެނޭޖްމަންޓާއި ސްޓާފުންވެސް އެގޮތުގައި ބަލައިގަންނަ، ވަކި ދަރިވަރަކަށް ވަކި ގޮތަކަށް ފޭވަރކޮށް ނަހަދާ. ތަފާތު ކުރުމެއް ނެތި ބަލައިގަންނަ، އަދި ވަޒީފާގައި އުޅެމުންވެސް ކިޔެވުމަށް ގޮންޖެހުމެއް ނެތް،" ކޮލެޖެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާއަށް ދުނިޔޭގެ ފެންވަރުގައި ޑިމާންޑް އިތުރުވެފައިވާއިރު، މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ސައިރިކްސް ކޮލެޖުން ގިނަ އައިޓީ ކޯސްތަކެއް ކުރިއަށް ގެންދެ އެވެ. މީގެ ތެރޭގައި ސޮފްޓްވެއާ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް، ވެބް ޕްރޮގްރާމިންގ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން، އަދި ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ އެކި ކޯސްތައް ހިމެނެއެވެ.

މީގެއިތުރުން، ސައިރިކްސް ކޮލެޖްގެ ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ އެކްރެޑިޓް ކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ވާދަވެރި ނަތީޖާއެއް ނެރެގެން އައިޓީ ދާއިރާއިން ޓްރެއިނިންގ ފޯރުކޮށްދިނުމަށާއި، މިދާއިރާއިން ގާބިލް، އަޚްލާޤީ ގޮތުން ތެދުވެރި، އަދި ޤައުމީ ތަރައްޤީއާއި އިޖުތިމާޢީގޮތުން ޒިންމާދާރު ގްރެޖުއޭޓުން އުފެއްދުމަށެވެ. ސައިރިކްސް ކޮލެޖުން ބެޗްލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ނިންމުމުން އައިޓީ މެނޭޖަރ، ނެޓްވޯކް އިންޖިނިއަރ، ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ، ސިސްޓަމް އެނަލިސިސް، އަދި ޕްރޮޖެކްޓް މެނޭޖަރ ފަދަ ވަޒީފާތަކަށްވެސް ކުރިމަތިލެވޭނެއެވެ.

ސައިރިކްސް ކޮލެޖުގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ފާސްކޮށްފައިވާ ކޯސްތަކެކެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ވަޒީފާދޭ ފަރާތްތަކުން، ސައިރިކްސް ކޮލެޖުގެ ކޯސްތަކުގެ ކޮލިފިކޭޝަންތައް ބަލައިގަންނަކަމަށް އެކޮލެޖުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، ސައިރިކްސް ކޮލެޖުގެ ކޮލިފިކޭޝަންތައް ބައިނަލްއަޤްވާމީ ބައިވެރިން ކްރެޑިޓް ޓްރާންސްފާއާއި އެޑްމިޝަންގެ ބޭނުމުގައި ވެސް ބަލައިގަނެއެވެ.

ސައިރިކްސް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މަތީ ތައުލީމު ފޯރުކޮށްދިނުމަށް އަމިއްލަ ގޮތުން ހުޅުވިގެންދިޔަ ކޮލެޖު ތަކުގެ ތެރޭގައި ހިމެނޭ ކޮލެޖެކެވެ. ސައިރިކް ކޮލެޖުގެ ކޯސްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް (އެމްއެންކިޔުއެފް) އާ އެއްގޮތަށެވެ. ސައިރިކްސް ކޮލެޖުން 2002 ވަނަ އަހަރުން ފެށިގެން އެމްކިޔުއޭ އެޕްރޫވް ކޯސްތައް ހިންގަމުން އަންނައިރު، ސައިރިކްސް ކޮލެޖަކީ ދިވެހިރާއްޖޭގައި އެމްކިޔުއޭ އެޕްރޫވް ކޯސްތައް ހިންގުމުގައި އެންމެ ތަޖުރިބާކާރު ހުރި އެއް ކޮލެޖެވެ.

ސައިރިކްސް ކޮލެޖަކީ ޕަބްލިކް ސާވިސް އިންސެންޓިވް އެވޯޑާއި އެޑިއުކޭޝަނަލް ލީޑަރޝިޕް އެވޯޑާއި ކޮލިޓީ ކޮމިޓްމަންޓް ފަދަ އެވޯޑްތައްވެސް ހާސިލްކޮށްފައިވާ ކޮލެޖެކެވެ. ސައިރިކްސް ކޮލެޖުގެ ޕްރޮގްރާމްތަކަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ކޯސްތަކަކަށްވާއިރު، ސައިރިކްސް ކޮލެޖުގެ ކޮލިފިކޭޝަނަކާއެކު ބޭރުގެ ގިނަ ޔުނިވަރސިޓީތަކުން ކުރިއެރުން ހޯދުމަށްވެސް ފަސޭހަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރޯމާ

07-Dec-2023

މިހާރުވެސް ވިލާ ކޮލެޖަށްވުރެ ސައިރިކްސް އިން ކިޔަވާ ކުދިންގެ ޢަދަދުވެސް ގިނަވާނެއެވެ. ތަން ގޯސްނަމަ އެހާބައިވަރު ބިދޭސީ ޓީޗަރުން އެހާޒަމާނު ސައިރިކްސް ދޫކޮށްނުލާ އުޅޭނެބާއެވެ؟ ގައިމު އެންމެ ކުޑަ މުސާރަވެސް ދެނީ ސައިރިކްސް އިންނެވެ.


1

ޢަމަލް

07-Dec-2023

ސައިރިކްސް ކޮލެޖުގެ ކޮލިފިކޭޝަނަކާއެކު ބޭރުގެ ގިނަ ޔުނިވަރސިޓީތަކުން ކުރިއެރުން ހޯދުމަށްވެސް ފަސޭހަވެގެންދޭ. އަލުގަނޑު މީ އޭގެ ހެއްކެއް


-3

ބަކުރުބެ

07-Dec-2023

އަޅުގަނޑުގެ ހުންނަނީ އެންމެ ދަރިއެއް. އިސްކަންދަރުން ނިމުނުގޮތަށް ވަނީ ސައިރިކްސްއަށް. ފުރަތަމަ ޑިގްރީއާއި 2 ވަނަ ޑިގްރީ ނިއްމާ، ޕީއެޗްޑީއާއި ހަމައަށް އެކިޔާވާލަނީ ބަރާބަރު 5 އަހަރުން. މާސްޓާސް އެއް އޮތިއްޔާ ސީދާ 1 އަހަރުންވެސް ސައިރިކްސް އިން ޕީއެޗްޑީ ހަދާލެވޭ.


0

ބަކުރުބެ

07-Dec-2023

އަޅުގަނޑުގެ ހުންނަނީ އެންމެ ދަރިއެއް. އިސްކަންދަރުން ނިމުނުގޮތަށް ވަނީ ސައިރިކްސްއަށް. ފުރަތަމަ ޑިގްރީއާއި 2 ވަނަ ޑިގްރީ ނިއްމާ، ޕީއެޗްޑީއާއި ހަމައަށް އެކިޔާވާލަނީ ބަރާބަރު 5 އަހަރުން. މާސްޓާސް އެއް އޮތިއްޔާ ސީދާ 1 އަހަރުންވެސް ސައިރިކްސް އިން ޕީއެޗްޑީ ހަދާލެވޭ.


-3

ބަކުރުބެ

07-Dec-2023

އަޅުގަނޑުގެ ހުންނަނީ އެންމެ ދަރިއެއް. އިސްކަންދަރުން ނިމުނުގޮތަށް ވަނީ ސައިރިކްސްއަށް. ފުރަތަމަ ޑިގްރީއާއި 2 ވަނަ ޑިގްރީ ނިއްމާ، ޕީއެޗްޑީއާއި ހަމައަށް އެކިޔާވާލަނީ ބަރާބަރު 5 އަހަރުން. މާސްޓާސް އެއް އޮތިއްޔާ ސީދާ 1 އަހަރުންވެސް ސައިރިކްސް އިން ޕީއެޗްޑީ ހަދާލެވޭ.


-3

ހަލީމް

07-Dec-2023

އަހަރެންވެސް ކިޔަވަންދަނީ ސައިރިކްސް އަށް


1

ނަފީސާ މުހަންމަދު

07-Dec-2023

އަހަރެންގެ 3 ދަރިންވެސް ކިޔެވީ ސައިރިކްސްއިން، މިހާރު ބޮޑުދަރި މާސްޓާ ހަދައިގެން މެލޭޝިއާގައި ޕީއެޗްޑީ ހަދަނީ، ސައިރިކްސްގައި އަބަދުވެސް އިންޑިއާ ޓީޗަރުންތިބޭ އެއީ އައިޓީއަށް ހާއްސަތަނަކަށްވީމަ، އެހެންވެ އަހަރެންގެ ދަރިވެއްދީ


-3

ހާޝިމް

07-Dec-2023

އަހަރެންނަށް ކިޔަވައިދެނީ ދިވެހި ލެކްޗަރާއެއް، އަހަރެންގެ ކުލާސް ބަރާބަރަށް ކުރިއަށް އެބަދޭ، ރާއްޖޭގެ ސްކޫލްތަކުގައި ވަރަށް ގިނަ އިންޑިއާ ޓީޗަރުން، އަދި ޑޮކްޓަރުންވެސް އެއީ މައްސަލައެއްނޫން


-2

މުނީރާ ހަމީދު

07-Dec-2023

އެގްޒާމް އޮތީ 25 ޑިސެމްބަރުގައި، އަހަރެންނަކަށް އެއްވެސް މައްސަލައެއް ދިމާނުވޭ، ބަރާބަރަށް ކުލާސް ކުރިއަށް އެބަދޭ



ޓްރެންޑިން