މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް (ވ)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް (ވ)
އެމްޑިޕީ ޕާލިމެންޓަރީ ގްރޫޕްގެ މީޑިއާ ކޯޑިނޭޓަރ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތި އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް ކޮށްފައިވާ ޓްވީޓެއްގައެވެ. އާޒިމް ވިދާޅުވެފައިވަނީ، އެމްޑީޕީ ޕީޖީ ގްރޫޕްގެ ޤަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އެ ގްރޫޕްގެ މީޑިއާ ކޯޑިނޭޓަރ ކަމުގެ މަޤާމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ޢައްޔަނުކޮށްފައިވާކަމަށެވެ.



65 މެމްބަރުން ތިއްބަވާ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ އިސް ބޭފުޅުންގެ މެދުގައި ނުތަވަސްކަން އުފެދި ބަހުގެ ޙަމަލާތައް ބަދަލުކުރުން ސޯޝަލް މީޑިއާގައި މިހާރުވަނީ ޢާއްމު ކަމަކަށް ވެފައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕަށް ރަސްމީ ސިފައެއްގައި މީޑިއާ ކޯޑިނޭޓަރެއް ކަނޑައަޅާފައި މިވަނީ، މިފަދަ ކަންކަމުގައި ރަސްމީކޮށް ބަސް ބުނާނެ ފަރާތެއް ހަމަޖެއްސުމަށްކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން