ބޮޑު ފިނޮޅު އޮޕަރޭޝަން
ބޮޑު ފިނޮޅު އޮޕަރޭޝަން
ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަށް މުސާރަ ދީ 30 ޖުލައިގެ ކުރިން އެކަން އެންގުމަށް އާރްއައިއެކްސް (ރިޒް) ކުންފުންޏަށް ލޭބާ ރިލޭޝަން އޮތޯރިޓީން މިއަދު އަންގައިފިއެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން، ރިޒް ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގިއިރު، އެތަނުގައި ތިބި ބިދޭސީންނަކީ ރިޒް ކުންފުނިން މުސާރަ ދެމުން ގެންދިޔަ ބައެއް ކަމަށާއި އެމީހުންނަކީ އެ ކުންފުނީގެ މުވައްޒަފުންކަން، އެ ބީދޭސީންގެ ވާހަކަތަކުންނާއި، ސީލް މޯލްޑިވްސްއާއެކު ބަދަލުކޮށްފައިވާ ލިޔުންތަކުން ވެސް އެނގޭ ކަމަށެވެ.

އަދި ދެ ކުންފުނީގެ ދެމެދުވާ އެއްބަސްވުމުގައި މުވައްޒަފުންނަށް މުސާރަ އާއި ކާންދިނުމާއި އެމީހުންނާ ގުޅިގެން ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން ޖެހޭނީ ރިޒް ކުންފުނިންކަން އެނގޭ ކަމަށާއި އެހެންކަމުން ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ހަަމައަށްދީ، އެކަން ކަށަވަރުކޮށްދޭ ލިޔުން 30 ޖުލައިގެ ކުރިން އެންގުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ވަނީ އަންގާފައެވެ.



އަދި ލޭބާ ރިލޭޝަން އޮތޯރިޓީގެ އެންގުމަށް އަމަލު ނުކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ އާރްއައިއެކްސް ކުންފުންޏަށް އަންގާފައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އެ ރަށުގައި ހަމަނުޖެހުން ހިންގާ އެރަށުގައި މަސައްކަތް ކުރި ދިވެހިން ތަކެއް ރަހީނު ކުރީ މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވައެވެ. މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންނަށްވެސް ވަނީ ޙަމަލާދީފައެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން އާރްއައިއެކްސް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން