ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާގެ 50 އިންސައްތަ، ދާއިރާތަކަށް ބެހުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ވަނީ އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ މިންވަރެއް ދާއިރާތަކަށް ދިނުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށައަޅާފައިވާ ގަރާރު ދިރާސާކޮށް، ގައުމީ މަޖިލީހުގެ ފަސް މެމްބަރުންގެ ކޮމިޓީއާއި ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީން ގުޅިގެން އެކުލަވާލި ރިޕޯޓު ހުށައަޅާފައެވެ.
ޤައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީން ހުށައެޅި ރިޕޯޓްގައި އަތޮޅުތެރެއަށާއި، މާލޭގެ މައި އޮފީހުގެ ޚަރަދުތައް ބެލެހެއްޓުމަށްވަނީ ހަމަހަމަ އުސޫލަކުން ޚަރަދުކުރާނެ ގޮތަކެއް ކަނޑައަޅާފައެވެ. އެގޮތުން މައި އޮފީސް ހިންގުމަށް 50 އިންސައްތަ އަދި އަތޮޅުތެރޭގެ ދާއިރާތައް ހިންގުމަށް 50 އިންސައްތަ ޚަރަދުކުރުމަށް ވަނީ ފާސްކޮށްފައެވެ.
ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އަމަލުކުރާނެ އުސޫލެއްވެސްވަނީ ކަނޑައަޅާފައެވެ. އެގޮތުން ދާއިރާތަކަށް ދިނުމަށް ނިންމި 50 އިންސައްތަ ބަހާލުމަށް ނިންމާފައިވަނީ، ދާއިރާގެ ހުރިހާ ރަށެއްގެ ނިސްބަތުން 15 އިންސައްތަ އާއި، ދާއިރާތަކަށް ހަމަހަމަކޮށް ބެހުމަށް 20 އިންސައްތައާއި، މެމްބަރޝިޕްގެ ނިސްބަތުން ދާއިރާތަކަށް ބެހުމަށް 40 އިންސައްތަ އަދި ދާއިރާތަކަށް ކަނޑައެޅި ފައިސާއިން ރިޒަރވްގެ ގޮތުގައި ބެހެއްޓުމަށް 25 އިންސައްތަ އެވެ.
މީގެ އިތުރުން ކޮމިޓީން ވަނީ ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އަމަލުކުރާނެ އުސޫލެއްވެސް ކަނޑައަޅާފައެވެ. އެގޮތުން ކަނޑައަޅާފައިވަނީ، ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އިންފްރާސްޓްރަކްޗަރ އަށް 20 އިންސައްތަ ބެހުމަށާއި، ރަށްރަށަށް ހަމަހަމަކޮށް 15 އިންސައްތަ ބެހުމަށާއި، ރަށްރަށުގެ މެމްބަރޝިޕުގެ ނިސްބަތުން 25 އިންސައްތަ އާއި، ހިންގުމުގެ ހަރަދަށް 20 އިންސައްތަ އާއި، އެހެނިހެން ހަރަކާތްތަކަށް 20 އިންސައްތަ ދިނުމަށެވެ.
އަދި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާގެ ރަށްތަކަށް ދޫކުރުމުގައި ޕާޓީގެ ކޮންމެ ދާއިރާއެއްގައި ބެންކް އޮފް މޯލްޑިވްސްގައި، އެކައުންޓެއް ހުޅުވައި އެކައުންޓަށް ޖަމާ ކުރާގޮތަށް ހުށަހެޅުނު އިސްލާހުވެސް ވަނީ ޤައުމީ މަޖިލީހުން ފާސްކޮށްފައެވެ. ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހު ފާސްވެފައިވަނީ 39 މެމްބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ޕާޓީގެ ކަންކަން މާލެއާއި އަތޮޅުތަކުގައިވެސް ހިންގުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓަށް ހުށަހެޅި 4 އިސްލާހުގެ ތެރެއިން ފާސްވެފައިވަނީ 2 އިސްލާހެވެ. މި އިސްލާހުތަކާއެކު ފައިސާ ދޫކުރުމުގައި އެކުލަވާލި ރިޕޯޓް ގައުމީ މަޖިލީހުން ފާސްވެފައިވަނީ ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު