ދިވެހިރާއްޖެ އަލުން އަނބުރާ ތެދުވުމަށް ވިސްނަންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިދިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ މަޖިލީސް ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް-19 އިން އަރައިގަތުމަށް ތަސައްވަރެއް ހޯދުމަކީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށާއި، މެމްބަރުންގެ ކަންބޮޑުވުންތައް ރައްޔިތުންނަށް ސާފުވެއްޖެ ކަމަށެވެ.
"މެންބަރުން ވިދާޅުވަނީ ދިވެހިރާއްޖެ އަލުން އަނބުރާ ތެދުވުމަށް ވިސްނަންޖެހޭނެ ކަމަށާއި މިހާރު މިއޮތް ޙާލަތުން ނުކުތުމަށް ބުއްދިއެއް ކުރަން ޖެހޭނެ ކަމަށާއި ނުކުންނަ ރާސްތާ މިއަދު ކޮށަންޖެހޭނެ ކަމަށް. އަދި ނިކުމެގެންގޮސް ދާތަން ސިފަވާންޖެހޭ ކަމަށާއި، އެ މަންޒަރު އަޅުގަނޑުމެންގެ ހިތުގައި އޮންނަންޖެހޭ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިވަގުތަކީ ދަތިވަގުތެއް ކަމަށާއި، ކަންބޮޑުވާ ވަގުތެއް ކަމަށްވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ލޮބުވެތި އެންމެހާ ރައްޔިތުން ސަރުކާރާއެކު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ މިޙާލަތުން އަރައިގަނެ، ދިވެހިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާންގެ ހިތުގައި އެއްވެސް ވަރަކަށް ޝައްކުހިނގާ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު