ކޯވިޑް-19 އާ ގުޅިގެން، މޮނިޓަރިންގ ގެ ޙާލަތަށް ގެނެސްފައިވާ ހުރިހާ ރިސޯޓެއްގެ މޮނިޓަރިން ޙާލަތު ނިމުމަކަށް ގެނެސް، އާންމު ޙާލަތަށް ބަދަލުކުރެވިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ރިސޯޓުތައް އާންމު ޙާލަތަށް ގެނެވިފައިވީ ނަމަވެސް، ކޯވިޑް-19 އަށް ޝައްކުކުރެވިގެން ސާމްޕަލް ނެގުމަށްޓަކައި ބޯޓުތަކެއް މޮނިޓަރިންގެ ޙާލަތަށް ބަދަލުކުރެވިފައިވާނެކަމަށެވެ.
ރާއްޖޭގެ މިވަގުތުގެ ޙާލަތަށް ބަލާއިރު، މިހާތަނަށް 1089 ސާމްޕަލް ނެގިފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 17 ސާމްޕަލެވެ. 933 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. ނަތީޖާ ނުލިބި ވަނީ 139 ސާމްޕަލެވެ. ބައްޔަށް ޕޮޒިޓިވް ވީ 17 މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ރަނގަޅުވެފައެވެ. ކޯވިޑް-19 ޖެހިގެން މިވަގުތު ފަރުވާދެމުންދަނީ 2 ދިވެހިންނެވެ. ޕޮޒިޓިވްވީ 17 މީހުންގެ ތެރޭގައި ރާއްޖެއިން އިޓަލީއަށް ފުރި ފަހުން ނަތީޖާ އާންމު ކުރި ދެމީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު