މަރަދޫ ދާއިރާގެ މެމްބަރު  އިބްރާހިމް ޝަރީފް (މަވޯޓާ)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
ކުރިއަށް ރޮތް 20 ވަނަ ރައްޔިތުންގެ މަޖިިލީހުގެ އިންތިހާބަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް މަރަދޫ ދާއިރާގެ ބޭފުޅުން އެދެމުންދާ ކަމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފު) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަކިވެ ޕީއެންސީއާ މިދިޔަ މަހު ގުޅިވަޑައިގެންނެވި ޝަރީފު މިއަދު ވިދާޅުވީ ދާއިރާގެ މެމްބަރުން އެދެމުންދާ ގޮތަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާ އަދި ސަޕޯޓަރުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ޝަރީފް ފާހަގަވެގެން ދިޔައީ އެ ސަރުކާރު ދިފާއު ކުރުމުގައި އެއްމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތާ ހިލާފަށް މި ސަރުކާުރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީން ދެކޮޅު ހެދުން ފަދަ ކަންކަމާ ހުރެ އެމްޑީޕީން ވަކިވެ ވަޑައިގަތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަދި ޕީއެންސީއާ ގުޅިވަޑައިގަތުމަށް ފަހު ޝަރީފު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ޝަރީފު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުއަކީ ވިޝަނަރީ ބޭފުޅެކެވެ.

ޝަރީފު އެންމެ ފުރަތަމަ އުޅުއްވީ އެމްޑީޕީގަ އެވެ. އޭގެ ފަހުން ޑީއާރުޕީގައި އުޅުއްވުމަށް ފަހު ދެން އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން