މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާޜާތް
މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާޜާތް
ސްޓެލްކޯގެ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދޭން އެކުންފުނިން ނިންމައިފިއެވެ.

ސްޓެލްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވެފައި، ސަރުކާރު ބަންދު ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަދި ކުންފުންޏާ ގުޅުން ހުރި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ މަގެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ގްރޭޓާ މާލޭ ސަރަހައްދަށް މިވަގުތަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގޭގައި ތިއްބަވައިގެން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް ސްޓެލްކޯގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމުން ހަމަޖެހޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި އަތޮޅުތަކުގައި ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތައް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.

ސްޓެލްކޯގެ އިތުރުން ބައެއް ބޭންކު ތަކުން ވެސް މިހާރުވަނީ އެބޭންކް ތަކުގެ ގިން ޚިދުމަތްތައް އޮންލައިން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން