މަބްްރޫކް މީޑިޔާއަށް މައުލޫމާތު ދެއްވަނީ
މަބްްރޫކް މީޑިޔާއަށް މައުލޫމާތު ދެއްވަނީ
ބުދަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގުހެޔޮ ކުރާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުން ޓެލެކޮމް ކުންފުނިތަކާ އެކަމާބެހޭގޮތުން ވާހަކަދައްކައި ދައްކާ ނިންމަން ޖެހޭ ކަންކަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް ފެށޭނީ އެޕްރީލް މަހުގެ އެއް ވަނަ ދުވަހު ކަމަށާއި، އެކަމާ ގުޅިގެން ޓެލެކޮމް ކުންފުނިތަކުން މާދަމާ އާއި އޭގެ އަނެއް ދުވަހު އަގަށް ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ވަރަށް އަވަހަށް އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް އެކަން އިއުލާންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން