ކުރެއްދޫ އައިލެންޑް ރިސޯޓު؛ ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ރިޒޯޓް
ކުރެއްދޫ އައިލެންޑް ރިސޯޓު؛ ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ރިޒޯޓް
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު އެކަހެރިވުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި ދެ ދިވެހިންނެވެ. އެ ދެ މީހުން ވެސް ރާއްޖެ އައިގޮތަށް ގެންދިޔައީ ކަރަންޓީނަށެވެ. އެހެންނަމަވެސް އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި، ޖުމްލަ 34 މީހަކު ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި އެ ދެ މީހުންނާ ކޮންޓެކްޓްވި އެއާޕޯޓްގެ މުވައްޒަފުން ހިމެނެއެވެ.

ކޯވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާއާ ކޮންޓެކްޓްވި 29 މީހަކު ހޯމް ކަރަންޓީނަށް ދިޔުމަށް އަންގާފައިވާނެ ކަމަށެވެ. އެމީހުންގެ ތެރެއިން ގޭގައި ކަރަންޓީން ވެވެން ނެތް މީހުން، ސަރުކާރުން ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން ހިންގި ކޮންޓެކްޓް ޓްރޭސިންގައި 48 މީހަކު ފާހަގަ ކުރެވުނެވެ. އޭގެ ތެރެއިން ތިން މީހަކު ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވާއިރު ދެ މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޯވިޑް-19 އަށް ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި ޕޮޒިޓިވްވި 13 ބިދޭސީން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހުގެ ކަރަންޓީނުގައެވެ. ދެން ޕޮޒިޓިވް ވި ދެމީހުން ޕޮޒިޓިވް ވިކަން އެނގުނުއިރު އެމީހުން ތިބީ ފްލައިޓްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން