ބޭންްކް އޮފް މޯލްޑިވްސް މައި އޮފީސް
ބޭންްކް އޮފް މޯލްޑިވްސް މައި އޮފީސް
ސްޓޫޑެންޓް ލޯން ސްކީމްތައް އަނބުރާ ދެއްކުން 6 މަސް ދުވަސް ފަސްކޮށްދިނުމަށް ބީއެމްއެލުން ނިންމަވައިފިއެވެ.

ބޭންކުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްއާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދޭން ނިންމިކަން ހާމަކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިހިގާ މާރޗު މަހުން ފެށިގެން 6 މަސް ދުވަހަށް ފަސްކޮށްދީފައިވާކަމަށް ބޭންކުން މިއަދު ބުނެފައި ވެއެވެ. މިގޮތުން ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް މި 6 މަސްދުވަސް އިތުރު ކޮށްދީފައިވަ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި އެއްވެސް ފައިސާއެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާ ނުކަނޑާނެކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅު ތަކާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސް ކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވާފައެވެ. އަދި މެދުކެނޑުމެއްނެތި ސްޓޫޑެންޓް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެމަނުކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން