ރިޒޯޓުތަކާއި، ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އެންގެވުމުގައި ވަނީ މި އެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން ތިން ފިޔަވަޅެއް އެޅުމަން ނިންމަވާފައިވާކަމަށެވެ.
އެގޮތުން ރިސޯޓުތަކާއި، ސަފާރީތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، ރަށްރަށުން ރިސޯޓުތަކާއި ސަފާރީތަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް އެޗްޕީއޭގެ މިއެންގުމުގައި ވެއެވެ.
މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަމަށްޓަކައި، އަޅާ ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު