މިއީ ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީއެވެ. އާންމު ބަހުން ނަމަ ޑީޑީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ މުޅި ހަޔާތް ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރެއްވިއިރު، އެ ދާއިރާއަށް އެތައް ހިދުމަތެއް ކޮށްދެއްވާފައި ވެއެވެ. ޑީޑީ ސާނަވީ ތައުލީމް ނިންމެވުމަށްފަހު، އެންމެ ފުރަތަމަވެސް މަސައްކަތް ކުރައްވަން ފެއްޓެވީ ޓޫރިޒަމް އިންޑަސްޓްރީގައެވެ. އެންމެ ފުރަތަމަ ރިސެޕްޝަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އޭގެ ފަހުން އެދާއިރާގެ އިސްމަގާމުތަކެއް ވެސް އަދާކުރެއްވިއެވެ.

އަހުމަދު ދީދީ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އޭނާވަޒީފާ އަދާކުރެއްވި ކަމާއި ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމްވެސް ހާސިލް ކުރައްވާފައެވެ.



"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އަހުމަދުދީދީ ވަނީ އޭނާގެ ދާއިރާ އިން ހަރުފަތަށް ފަހު ހަރުފަތަކަށް ވަޑައިގަތުމަށް ކުރެއްވި ދަތުރު ބިއްސާ ކުރައްވާފައެެވެ.

ފަތުވެރިވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ބިންގާ އަޙްމަދު ދީދީ އެންމެ ފުރަތަމަ އެޅުއްވީ އެގްޒެކެޓިވް ހައުސް ކީޕަރެއްގެ ވަޒީފާ އިންނެެވެ. އެގޮތުން އަދާރަން އިން މެނޭޖް ކުރަމުންދިޔަ ރިސޯޓެއްގައި ހައުސް ކީޕިންގ އާއި ފްރޮންޓް އޮފީސްގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވުމަށްފަހު އޭގެ ފަހުން އަޙްމަދު ދީދީ ބަދަލުވެވަޑައިގަތީ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގެ ވަޒީފާ އަށެވެ.

"ސޭލްސް އެންޑް ރިޒަވޭޝަން މެނޭޖަރަކަށް، އަދާރަން ސެންޓްރަލް ރިޒަވޭޝަންގައި، އެއީ އެ މީހުންގެ ތިން ހަތަރު ރިސޯޓް ނަގައިގެން އަލަށް ބްރޭންޑެއް ތައާރަފް ކޮށްގެން، އެ ބްރޭންޑްގައި އުޅުނީ، އެ މީހުން ބޭނުންވީ ސެންޓްރަލް ރިޒަވޭޝަން އޮފީހެއް ހަދަން، މީގައި ލީޑް ކުރަން ޗާންސް މި ލިބުނީ، ލިބިގެން އޭގެން ފުރަތަމަ މިދިޔައީ އެސިސްޓެންޓް ރިޒަވޭޝަން އެންޑް ސޭލްސް މެނޭޖަރަކަށް، ގޮސްފައި ޕްރޮމޯޓްވަމުން އެ ދާއިރާގައި ކުރިއަރަމުން ދިޔައީ،" ސޭލްސް އެންޑް މާކެޓިންގެ ދާއިރާގެ ވަޒީފާގެ ތަޖުރިބާ "ރަސްއޮންލައިން"އާއި ހިއްސާކުރައްވަމުން އަޙްމަދު ދީދީ ކިޔައިދެއްވިއެވެ.



އެސިސްޓެންޓް ރިޒަވޭޝަން އެންޑް ސޭލްސް މެނޭޖަރެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު އަޙްމަދު ދީދީ އެދާއިރާ އިން މަތީތައުލީމް ހާސިލް ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން އަޙްމަދު ދީދީ ވަނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގައި ބިޒްނަސް ޓޫރިޒަމް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ހާސިލް ކުރައްވާފައެެވެ. އޭގެ ފަހުން މާކެޓިންގެ ދާއިރާގައި އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން ހިންގި ބޭރުގެ އެކި ފެއާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަޙްމަދުދީދީ އަށް ލިބިވަޑައިގަތެވެ.

އަޙްމަދު ދީދީއަށް މި ފެއާތައް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ލޯ ހުޅުވާލަން ލިބުުނު ރަނުގެ ފުރުސަތަކަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކާއި ފެއާތަކުން އޭނާއާ ބައްދަލުވެ ދާއިރާގައި ހުރި ގޮންޖެހުންތައް ވަރަށް ބޮޑަށް އެނގިވަޑައިގަތެެވެ. އޭގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ހުރި ގޮންޖެހުންތަކާއި، ޑެސްޓިނޭޝަން ވިއްކާ އެޖެންޓުންނަށް ހުރި ގޮންޖެހުންތަކާއި މި ނޫންވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީ އާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް އަޙްމަދު ދީދީ އަށް ލިބުން ވެގެންދިޔައީ އޭނާގެ ކެރިއަރގެ ކުރިއެރުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެހީއަކަށެވެ.

"ރާއްޖޭގެ ސަނީ ސައިޑް އޮފް ލައިފް ދުނިޔެއަށް ޕްރޮމޯޓް ކުރުމުގައި ގިނަ އަހަރުތަކެއް މި ހޭދަވީ،" އަޙްމަދު ދީދީ ރަސްއޮންލައިން އަށް ވިދާޅުވިއެވެ.



އަހްމަދު ދީދީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ކުރެއްވުމަށްފަހު، އޮސްޓްރޭލިއާގައިވެސް ކަމާ ގުޅޭ ދާއިރާތަކުގައި ވަޒީފާ އަދާކުރަށްވައި ތަޖުރިބާ ހޯއްދަވާފައެވެ. އޭގެ ފަހުންވެސް ރާއްޖެ ވަޑައިގެން ރިސޯޓްތަކާއި، ޓްރެވެލް އެޖެންސީތަކާއި، އެ ދާއިރާއާ ގުޅުން ހުރި ގިނަ ކަންކަން އެނގޭ ޑެސްޓިނޭޝަން މާކެޓިންގ ދާއިރާގައިވެސް އަޙްމަދު ދީދީ މަސައްކަތް ކުރެއްވިއެވެ.

"އެ ހާލަތަށް ދިޔާއީމަ، ވަރަށް ބޮޑަށް އެނގޭ މުޅި އިންޑަސްޓްރީގައި އޯވަރޯލް ކޮށް މަސައްކަތް ކުރާ ގޮތް، މަސައްކަތް ނުކުރާ ދާއިރާތައް ނުކުރަނީ ކީއްވެގެންކަންވެސް އެނގޭ، އެގޮތަށް ވަރަށް ރަނގަޅަށް ތަޖުރިބާ ލިބިފައި ވަނީ." ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 25 އަހަރު ހިދުމަތް ކުރައްވާފައިވާ އަހްމަދު ދީދީ "ރަސްއޮންލައިން" އަށް ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް!

އަޙްމަދު ދީދީއަކީ މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެކި ހަރަކާތްތަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ. އޭނާއަކީ އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. އެގޮތުން 2004 ވަނަ އަހަރު އެމްޑީޕީ އާއިގުޅިވަޑައިގަތުމަށްފަހު ސަރުކާރު ޒިންމާ ދާރު ކުރުމަށް އެމްޑީޕިން ބޭއްވި މުޒާހަރާ ތަކާއި ރެލީތަކާއި އެކި އެކި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަޙްމަދު ދީދީ ބައިވެރިވެޑައިގަތެވެ.

"ހުރިހާ އިވެންޓެއްގައިހެން ބައިވެރިވެފައި ހުންނާނީ، އެ ނޯޓިސްވާ ފްރޮންޓްލައިންގައި ނެތަސް، އަބަދުވެސް އުޅޭނީ އެގޮތަށް، އަބަދުވެސް އިންޓަރެސްޓް ހުރޭ ސިޔާސީ ދާއިރާއިން، އެކަމަކު ވާގޮތަކީ އެ ކެރިއާއަށް ފޯކަސްކޮށްގެން ދާތީ ކުއްލިއަކަށް އެހެން ނުކުންނާކަށެއް ފުރުސަތެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

އަޙްމަދު ދީދީއަށް ބޮޑަށް މި ދާއިރާއަށް ވަދެވުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ހަރަކާތްތެރިވާން ފެއްޓެވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހުގެ ކެމްޕޭންޓީމާއައެކު ރަށްތަކަށް ވަޑައިގެންފައެވެ. އެ ދަތުރުތަކުގެ ތެރެއިން އޭނާގެ ދާއިރާ ކަމަށްވާ މަރަދޫ ދާއިރާ ނުވަތަ އައްޑޫސިޓީ ގެރަށް ތަކާށް ވެސް ކުރީގެ ރައީސް ސާލިޙުގެ ޓީމާއެކު އަހްމަދު ދީދީ ކުރި ދަތުރު ތަކާއެކު އެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރެވިދާނެ ގިނަ ފުރުސަތުތަކެއް އޭނާ އަށް ފެނިވަޑައިގަތެވެެ.

"ރަށަށް ދިޔައީމަ މި ފެންނަނީ ކުރީގެ ނެތް ޕޮސިބިލިޓީސްތައް، އަހަރުމެން ގަބޫލު ކުރަމުންދިޔަ ކުރުންތައް ފަހަނައަޅާ ދެވޭނެ ގްރޭޓްލީ ފޯވާޑް، އެތަންކޮޅު ރަނގަޅު ތަޖުރިބާ ހުރި ބަޔަކު އޭގެ ތެރެއިން އެޑްރެސްކޮށްފިއްޔާ ވަރަށް ރީއްޗަށް ހަމަ މާފުއްޓަށް މިދިޔަ ކަހަލަ ޓޫރިޒަމެއް، އެ އައި ކަހަލަ ބޫމް އެއް މަރަދޫ ދާއިރާ އަށް އަންނާނެ." ދާއިރާގެ ތަރައްގީ އަށް ގެންގުޅުއްވާ ތަސައްވަރު ރަސްއޮންލައިން އާއި ހިއްސާކުރައްވަމުން އަޙްމަދު ދީދީ ވިދާޅުވިއެވެ.



އަޙްމަދު ދީދީގެ ނަޒަރުގައި މީގެ ކުރިން ދާއިރާގެ މެމްބަރު ކަމުގައި ތިއްބެވި ފަރާތްތައް ޑެސްޓިނޭޝަން މާކެޓިންގއަށް ވިސްނާފައެެއް ނެތެވެ. އޭނާ ވިދާޅުވީ، ރަނގަޅު ޑިސްޓިނޭޝަނެއްގެ ގޮތުގައި ރަނގަޅު ލީޑާޝިޕެއްގެ ތެރެއިން ބަޔަކު ތިބެގެން މަސައްކަތް ކޮށްފިނަމަ ދާއިރާގެ ތަރައްގީ އަށް މިއީ ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. ޓޫރިޒަމް ދާއިރާ އިން ލިބިވަޑައިގެންފައިވާ 25 އަހަަރުގެ ތަޖުރިބާގެ އަލީގައި ދާއިރާގެ ތަރައްގީގެ ބޮޑު މަންޒަރު ހަގީގަތަކަށް ހެދުމަކީ އަޙްމަދު ދީދީގެ ވަރަށް ބޮޑު ހުވަފެނެކެވެ.

އެ ތަސައްވަރުގައި ކުލަ ޖައްސަވަން ބޭނުންފުޅުވާތީ އެކަަމަށް ހުރި ހުރަސްތައް ނައްތާލައި ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން މަގުފަހިކުރުމަށްޓަކައި ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަޙްމަދު ދީދީ މިހާރު ވަނީ މަރަދޫ ދާއިރާއަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން އަޙްމަދު ދީދީ މިހާރު ވަނީ މަރަދޫ ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރަން ނިއްމަވައި ތާއިދު ހޯދުމުގެ މަސައްކަތް ފައްޓަވާފައެވެ.

އެ ފުރުސަތު ހޯދުމަށް އަންނަ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އޭނާ އަށް ވަރަށް ބޮޑެވެ. އަޙްމަދު ދީދީ ދެއްްވަނީ އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެން މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އާއި އެއްގޮތަށް ދާއިރާ ތަމްސީލްކުރުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ސަރުކާރު ޒިންމާދާރުކޮށް ނަމޫނާ މެމްބަރަކަށް ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެވެ. އަހްމަދު ދީދީ ދެކެވަޑައިގަންނަވާގޮތުގައި ދާއިރާގެ ތަރައްގީ އަށް ހެޔޮ ބަދަލެއް ގެނެވޭނީ އާ ބަޔަކު މިފަހަރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިންތިހާބުކޮށްގެނެވެ. އެގޮތުން މަރަދޫ ދާއިރާގެ ރައްޔިތުން މިއަދު ތިބީ އެބަދަލު ގެންނަން ބޭނުންވެފައި ކަމަށް އަހްމަދު ދީދީ ވިދާޅުވެއެެވެ.

"އަބަދު އެއް މޫނުތަކެއް މިފެންނަނީ، ލީޑަރޝިޕްގައި ތިބި މީހުން އަނެެއްކާވެސް ނިކުތީމަ ރައްޔިތުން އެބޭނުންވާ ބަދަލެެއް ނުފެންނާނެ، އާބަޔަކު ކުރީސަފަށް ނިކުމެގެން މީތި ފެންނަން މިއުޅެނީ." އަހްމަދު ދީދީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން