ސޯލާ އިނޮވޭޝަންގެ ދާއިރާއިން ކުރިއެރުން ހޯދުމަކީ ދުވެލި މަޑު ނަމަވެސް އިންގިލާބީ ކާމިޔާބީއެކެވެ. ނެނޯ ވަޔަރުން ޒީނަތްތެރިކޮށްފައިވާ ސޯލާ ޕެނަލްތަކުން ފެށިގެން މޮޅު ގޮތްގޮތައް ކުޑަދޮރެއްގެ އަވިން ކަރަންޓު އެފެއްދުމަކީ، ފުޅާ ދާއިރާއެއްގެ އުފެއްދުންތަކުން އުއްމީދު ގެނެސްދޭ ދާއިރާއެކެވެ. ތުނި، ފްލެކްސިބަލް ސޯލާ ޕެނަލްތަކާއި، ފެނުގައި ހުންނަ ސޯލާ ފާމްތަކާއި ސޯލާ ޕެއިންޓަކީ މިހާރު ހަގީގަތައްވެސް ލިބެންހުރި އުފެއްދުންތަކެވެ. މި އުފެއްދުންތަކުގެ ސަބަބުން ކޮންމެ އެއްޗަކުންވެސް ސާފު ހަކަތަ އުފެއްދޭނެ ފަދަ ޒަމާނަކާ ދިމާއަށް މިސްރާބްވަނީ ޖަހާފައެވެ.

ސޯލާ ސިމްފަނީގައި އިންޑިޔާގެ ދައުރު

ދުނިޔޭގެ ހަކަތައިގެ ދާއިރާގައި އިންޑިއާ އޮތީ ހަމައެކަނި ބެލުންތެރިއެއްގެ ގޮތުގައި ނޫނެވެ. ފާހަގަކޮށްލެވޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. ސޯލާ ޕަވާ ކެޕޭސިޓީގައި އިންޑިއާ މިވަގުތު އޮތީ ދުނިޔޭގެ ހަތަރު ވަނައިގައެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެޤައުމުގެ ސޯލާ އިންސްޓޯލްކުރުމުގެ ކެޕޭސިޓީއަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއްގެނެސް، 2023 ވަނަ އަހަރު 21،651 މެގަވޮޓުން 70،096 މެގަވޮޓަށް އިތުރުކުރެވިފައެވެ. ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް (ޕީއެލްއައި) ފަދަ އުއްމީދީ ލަނޑުދަނޑިތަކާއި ސިޔާސަތުތަކާ އެކު، 2030 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ 500 ގިގަވޮޓް ހާސިލްކުރުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އަމާޒަކީ ހަމައެކަނި ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރުމުގެ އިތުރުން މުޅި ދުނިޔެއަށް ފެހި މާދަމާއެއް ހޯދައިދިނުމެވެ.

2024 ވަނަ އަހަރު ކުރިއަށްދާއިރު، ސޯލާ އިންޑަސްޓްރީގެ އަގުތައް ދަށަށް ދިޔުމާއި، ހަކަތަ ރައްކާކުރެވޭ ގޮތްތައް ހޯދުމުގެ އިތުރުން ގްރިޑްތަަކަށް ލިބިފައިވާ ކުރިއެރުންތައް މައިގަނޑު ގޮތެއްގައި ފާހަގަކުރެވެއެވެ. މި ސިނާޢަތުގައި ލާމަރުކަޒީ ނިޒާމު ފުޅާވެ، ބަލައިގަނެ، ސޯލާ ޕްރޮޖެކްޓްތައް އިތުރުވެ، ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤްބަލަކަށް އޮތް އަޒުމް ދައްކުވައިދެއެވެ. 2023 ވަނަ އަހަރު ދުނިޔޭގެ ގިނަ ޓްރެންޑް ރިޕޯޓްތަކުން ދައްކާ ގޮތުގައި އިރުގެ ހަކަތަ އަކީ ހަމައެކަނި އޮޕްޝަނެއްގެ ގޮތުގައި ދެކޭ އެއްޗެއް ނޫނެވެ. މިއީ ދުނިޔެއަށް ބޭނުންތެރި ކަމެއްވެސްމެއެވެ.

އިންޑިއާ ސަރުކާރުން އަވީގެ ހަކަތައަށް ދޭ އަހަންމިއްޔަތުކަމަކީ ބަހުން އެކަނި ދޭ އެއްޗެއްކަމުގައި ނުވެއެވެ. ވަރުގަދަ ސިޔާސަތުތަކަކާއި އިނީޝިއޭޓިވްސްތަކުން އެކަން ދައްކުވައިދެއެވެ. އެގޮތުން އިންޑިއާގެ އެތެރޭގެ މެނުފެކްޗަރިންގ އިތުރުކުރުމަށާއި ސޯލާ ޕަވަރ ހައުސްއެއްގެ ގޮތުގައި ޖާގަ ހޯދުމުގެ އަމާޒުގައި ތިން ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހައި އެފިޝަންސީ ސޯލާ ޕީވީ މޮޑިއުލްތަކުގައި ގިގާ ވޯޓް (ޖީޑަބްލިއު) ސްކޭލްގެ މެނުފެކްޗަރިން ކެޕޭސިޓީ ހާސިލްކުރުމަށް ނެޝަނަލް ޕްރޮގްރާމް އޮން ހައި-އެފިޝަންސީ ސޯލާ ޕީވީ މޮޑިއުލްސްގެ ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް ސްކީމް (ޕީއެލްއައި) ވަނީ ތައާރަފްކޮށްފައެވެ.

ޕީއެލްއައި (ޓްރާންޗޭ-1) ގެ ދަށުން 8737 މެގަވޮޓްގެ އިންޓަގްރޭޓެޑް ކެޕޭސިޓީ އިތުރުކޮށްފައިވާއިރު، ޓްރާންޗް-2 ގެ ދަށުން 11 ކުންފުންޏަކަށް ޑޮމެސްޓިކް ސޯލާ ޕީވީ މޮޑިއުލް އުފެއްދުމުގެ ކެޕޭސިޓީގެ 39،600 މެގަވޮޓް ކަނޑައަޅާފައިވެއެވެ. އޭގެ ސަބަބުން 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގެނެވި، ސީދާ އަދި ނުސީދާ ގޮތުން އެއް ލައްކަ އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދައިފައިވެއެވެ.

އިރުގެ ހަކަތައަށް އިންޑިއާއިންދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ މުހިންމު އިތުރު އިނީޝިއޭޓިވްއަކީ 2025-26 ވަނަ އަހަރުގެ ނިޔަލަށް 38 ގިގަވޮޓްގެ 50 ސޯލާ ޕާކް ގާއިމުކުރުމަށް ފަރުމާކޮށްފައިވާ ސޯލާ ޕާކް ސްކީމެވެ. މި ސޯލާ ޕާކްތަކަކީ އަވިން ހަކަތަ އުފެއްދުމުގެ ހަބްތަކެއްގެ ގޮތުގައި މަސައްކަތްކޮށް، އިންވެސްޓްމަންޓްތައް ގެނެސް، އަވިން ހަކަތަ އުފެއްދުމަށް ފަހި މާހައުލެއް ގާއިމުކޮށްދޭ ތަންތަނެވެ. މިކަމުން ބޮޑު ފައިދާއެއް ޙާޞިލުކޮށް، އިރުގެ ހަކަތަ މިހާރަށްވުރެ އަގުހެޔޮކޮށް، ފަސޭހައިން ލިބެން ހުރި ހަކަތައަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މި ސްކީމްގެ ދަށުން މިހާތަނަށް 8521 މެގަވޮޓްގެ އެގްރިގޭޓް ކެޕޭސިޓީގެ 11 ސޯލާ ޕާކުގެ މަސައްކަތް ނިމިފައިވާއިރު، 3985 މެގަވޮޓްގެ އެގްރިގޭޓް ކެޕޭސިޓީގެ 7 ސޯލާ ޕާކުގެ މަސައްކަތް ވަނީ އެއްބައި ނިމިފައެވެ. މި ޕާކުތަކުގައި 10،237 މެގަވޮޓްގެ އެގްރިގޭޓް ކެޕޭސިޓީގެ ސޯލާ ޕްރޮޖެކްޓްތައް ވަނީ ޤާއިމްކޮށްފައިއެވެ.

ސޯލާ ޕަވަރ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން ލާމަރުކަޒީ ސޯލާ ޕަވަރ ޕްލާންޓްތައް ޤާއިމުކޮށް، އެގްރިކަލްޗަރ ޑީސަލް ޕަމްޕްތަކުގެ ބަދަލުގައި ސޯލާ އެގްރިކަލްޗަރ ވޯޓަރ ޕަމްޕްތައް އެޅުމާއި، މިހާރު ހުރި ގްރިޑް ކަނެކްޓެޑް އެގްރިކަލްޗަރ ޕަމްޕްތައް ސޯލާރައިޒްކޮށްގެން އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ.

ރެޒިޑެންޝަލް ސެކްޓަރގެ ރޫފްޓޮޕް ސޯލާ ޕްރޮގްރާމާއި، ރޫރަލް އޭރިއާތަކަށް ހާއްސަ އޮފް ގްރިޑް ސޯލާ ޕީވީ އެޕްލިކޭޝަންސް ޕްރޮގްރާމުގެ ދަށުން ވެސް ސަބްސިޑީ ދީގެން ސޯލާ ޕަވަރ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއްބާރުލުން ދިނުމަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. މިއީ އިރުގެ ހަކަތައަށް ބަރޯސާވާ މުސްތަގުބަލަކަށްޓަކައި ކުރެވޭ ސްޓްރެޓެޖިކް އިންވެސްޓްމަންޓެކެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރާއި ފްރާންސްގެ ރައީސް އިފްތިތާހު ކުރެއްވި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) އަކީ، ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ދުނިޔެ ސާފު، ފެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް ގެންދެވޭނެ ކަމުގެ އެންމެ ބޮޑު މިސާލެކެވެ. މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ 450 ގިގަވޮޓް އުފެއްދުމުގެ މަގްސަދުގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލާ ފައިވާ މެމްބަރ ސެންޓްރިކް އަދި ކޯލަބްރޭޓިވް ޕްލެޓްފޯމެކެވެ. މީގެ ބޭނުމަކީ ހަކަތައިގެ ވަސީލަތްތައް ފުޅާކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ކުންފުނީގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހަކަތަ ބަދަލުކުރުމަށް މަގުފަހިކޮށްދީ، ސޯލާ އެނަރޖީ ޓެކްނޮލޮޖީތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުން އިތުރުކުރުމެވެ.

20 ނަސީބުވެރިންނާއެކު، އައިއެސްއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ސޯލާއެކްސް: އަ ސްޓާޓްއަޕް ޗެލެންޖް އެފްރިކާ ޗެޕްޓާއިން ވެސް އަންނަނީ އެފްރިކާގެ ކަރަންޓުގެ މައްސަލަތަކަށް އިނޮވޭޓިވް އަދި އަތްފޯރާ ސޯލާ އެނާޖީ ސޮލިއުޝަންތަކެއް ގެނެސްދެމުންނެވެ. އައިއެސްއޭ އިން މަސައްކަތް ކުރަނީ ޓެކްނޮލޮޖީގެ ޚަރަދާއި އޭގެ ފައިނޭންސިންގެ އަގު ކުޑަކޮށް، ސޯލާ އިންޑަސްޓްރީގެ މުވައްޒަފުންގެ ހުނަރު ތައް އިތުރުކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް އަންލޮކް ކުރުމަށެވެ.

އިންޑިޔާސް ވިޝަން 2030: އިނޮވޭޝަންސް އިލުމިނޭޓަޑް

2030 ވަނަ އަހަރަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރަކީ އިޔާދަކުރެވެނިވި ހަކަތައަށްދޭ އިސްކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައާއި ހަކަތަ ބަދަލުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމުގެ އަހަންމިއްޔަތުކަން ދައްކުވައިދޭ މޮޒެއިކެކެވެ. ކޮޕް26 ގައި އިއުލާނުކޮށްފައިވާ ޕަންޗަމްރިޓް ޕޮލިސީ (5 ޕޮއިންޓުގެ ޕޮލިސީ އައުޓްލައިން) ގެ ދަށުން، އިއާދަކުރަނިވި އިންގިލާބެއް ގެނައުމަށް އިންޑިއާއިން ވަނީ ވަރުގަދަ ލަނޑުދަނޑިތަކެއް ކަނޑައަޅައިފައިވެއެވެ.

• އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 2030 ވަނަ އަހަރާ ހަމައަށް 500 ގިގަވޮޓްއަށް ފުޅާކުރުން

• އިއާދަކުރަނިވި ވަސީލަތްތަކުން 2030 ވަނަ އަހަރުގެ ނިޔަލަށް ހަކަތަ ބޭނުންވާ މިންވަރުގެ 50 އިންސައްތަ ހަމަކުރުން

• 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ޖައްވަށް ބޭރުވާނެ ކަމަށް އަންދާޒާކޮށްފައިވާ މިންވަރު 1 ބިލިއަން ޓަނުން ދަށްކުރުން

• އެޤައުމުގެ އިޤްތިޞާދުގެ ކާބަން އިންޓެންސިޓީ 45 އިންސައްތައަށްވުރެ ދަށްކުރުން

• 2070 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ ކާބަން ގައުމަކަށް ވުން

2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިޔާގެ އަމާޒަކީ އިލެކްޓްރިކް މޮބިލިޓީ، ސީއެންޖީ އަދި ޕައިޕްޑް ނެޗުރަލް ގޭސް، 20 އިންސައްތަ އެތަނޯލް ބްލެންޑިންގ އަދި ގްރީން ހައިޑްރޯޖަން އުފެއްދުން މިކްސްކޮށްގެން ހަކަތައިގެ ގޮތުން ފުދިގެންވާ ޤައުމަކަށްވުމެވެ. އަދި އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތައިގެ 90 އިންސައްތަ ހާސިލްކުރުމަކީ ވެސް އެ ގައުމުގެ އަމާޒެކެވެ.

ކޭޕީއެމްޖީގެ ރިޕޯޓެއްގައި ވާގޮތުން 2030 ވަނަ އަހަރާ ހަމައަށް އިންޑިއާއަށް އަހަރަކު 350-400 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެއެވެ. އިންޑިޔާގެ މި ބަދަލުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 5-6 މިލިއަން ވަޒީފާ އުފެދި، 2047 ވަނަ އަހަރާ ހަމައަށް 9-10 މިލިއަނަށް މިއަދަދު އަރާނެއެވެ.

2047 ވަނަ އަހަރާ ދިމާލަށް ހަކަތައިގެ މިނިވަންކަމުގެ މި ދަތުރުގައި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ވަނީ އެންމެ އުހުގައެވެ. ސަޕޯޓިވް ޕޮލިސީ އިކޯސިސްޓަމަކާއި މެނުފެކްޗަރިން ކްލަސްޓާތަކާއި ތަފާތު ސްކިލް ސެޓެއްގެ ދަށުން ހިންގާ ސާފު ޓެކްނޮލޮޖީ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ގާބިލުކަން އިންޑިއާ އަށް އެބައޮތެވެ. އިންޑިޔާއިން ބޭނުންވަނީ އެންމެންނަށް ރައްކާތެރި، އަގުހެޔޮ އަދި ދެމެހެއްޓެނިވި ހަކަތަ ލިބޭނެ ކަމަށް ދެކެވޭ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމަށެވެ.

އިރުގެ ހަކަތައިގެ ކުރިއެރުމުން ލިބޭނެ ފައިދާތައް:

އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭރުން، އިރުގެ ހަކަތައިގެ ކުރިއެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކުގެ ތެރޭގައި:

• މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުން: މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ސޯލާ ޕެނަލްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އެއީ ސޯލާ ޕެނަލްތަކަކީ ނޭދެވޭ އަސަރު ކުޑަ، ކާބަން ފުޓްޕްރިންޓް މަދު އެއްޗަކަށްވާތީއެވެ.

• ތަޣައްޔަރުވުން މަދުވުން: ސާފު ހަކަތައިގެ ވަސީލަތްތަށް ބޭނުންކުރުމުން ވައި ތަޣައްޔަރުވުން ކުޑަކޮށް، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މާހައުލެއް ޤާއިމްވެއެވެ.

• ދުނިޔޭގެ މުސްތަގުބަލް ރައްކާތެރިކުރުން: ސޯލާ ހަކަތައިން ތިމާވެއްޓަށް ކުރާ ފައިދާގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރު ކުރުމަށް ޓަކައި ލިބޭ ކުރިއެރުން މާބޮޑެވެ.

އިންޑިޔާއިން އެޤައުމުގެ އުއްމީދީ ސޯލާ ޓާގެޓްތަކަށް މިސްރާބު ޖަހާއިރު، އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކަކީ ތަނަވަސް ފުރުޞަތުތަކެއް އެކަންޏެއްނޫނެވެ. އެއީ އިންޑިޔާގެ އިރުގެ ހަކަތައިގެ ކާމިޔާބީގާ ބައިވެރިވުމުގެ ދޮރެކެވެ. އޭގެ ތެރޭގައި ސޯލާ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރުމާއި މެނުފެކްޗަރިން އިނީޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ހަރުދަނާ ސިޔާސަތުގެ އޮނިގަނޑަކާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު، އިންވެސްޓަރުންނަށް ޔަގީންކަމާ އެކު ސޯލާ ލޭންޑްސްކޭޕް ތަސައްވުރު ކުރެވޭނެއެވެ. އިންޑިޔާގެ މި ދަތުރަކީ ހަމައެކަނި ކުރިއެރުމުގެ ދަތުރެއް ނޫނެވެ. މިއީ އިންވެސްޓަރުންނަށް އުޖާލާ، ސާފު މުސްތަގުބަލެއްގައި ޕާޓްނަރުންގެ ގޮތުގައި ތިބުމަށް ލިބޭ ދައުވަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން