ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ނިންމެވި ނިންމެވުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނުން ގާސިމް ވިދާޅުވެފައިވަނީ ރައީސް އައްޔަނުކޮއްފައިވާ ވަޒީރުންނަށް ރުހުން ނުދީ އެމްޑީޕީ އަދި ޑިމޮކްރެޓުން ކޮއްފައިވާ މަސައްކަތަކީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ނިކަމެތިކަން އުފެދިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކަން ކޮއްފައިވާ ގޮތް ނޫންކަމަށާއި އުސޫލެއްގެ ގޮތުން އަބަދުވެސް ރައީސް އައްޔަނުކުރާ ވަޒީރުންނަށް ރުހުން ދޭކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެދެނީ ވަރަށް ބޮޑު ނިކަމެތިކަމެއް،" މިއަދު މަޖިލީހުގެ ނިންމެވުމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅިވި އެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބެންހުރި ހުރިހާ ދޮރުތަކެއްގައި ތަޅު އެޅުވިގެންދާ ކަމަށާއި ރާއްޖެ ނިކަމެތިކަމުގެ ތެރެއަށް ވެއްޓިގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރާނެ ބަޔަކު ނުވާނެ ކަމަށާއި ބޭންކުތަކުން ލޯނު ނުދޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެވިފައިވަނީ ދިވެހި ރައްޔިތުންގެ ނިންމެވުމަކުން ކަމަށާއި އެހެންކަމުން ރައީސް އައްޔަނުކުރައްވާ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަކާ ހިލާފުވުން ކަމަށްވެސް ގާސިމް ވިދާލުވި އެވެ. އަދި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބަޔަކު މިފަދަ ގޮތަކަށް އަމަލުކޮއްފައިވަނީ ސަރުކާރާ ދެކޮޅަށް ތާށިކުރުމުގެ ފިޔަވަޅު އަޅަން ކަމަށާއި އެއީ އަމިއްލަ އެދުމުން ކުރާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް މިފަދަ ދެރައެއް ދިނުމަށްފަހު ވޯޓުހޯދުމަށް ރައްޔިތުން ގާތަށް ދިއުމުން ރައްޔިތުން ވާޓެއް ނުދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ މިއަދުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީއާއި ޑިމޮކްރެޓުގެ މެމްބަރުން ތިއްބެވި ނަމަ އެ މެމްބަރުން ޕާޓީ ދޫކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު