އިތުރު ދިވެއްސަކު މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ދިވެހީންގެ އަދަދު ތިނަކަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ އިނގިރޭސި ވިލާތުން އެނބުރި އައުމުން ކަރަންޓީނު ކޮށްފައިވާ މީހެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ތިން ދިވެހިން ނަކީވެސް މިހާރު ބަލި އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ އެއް ޤައުމު ކަމަށްވާ އިނގިރޭސި ވިލާތުން އެނބުރި އައި މީހުންނެވެ. ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ފުރަތަމަ އިޢުލާން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 13 ބިދޭސީން މިހާރު ވަނީ ރަނގަޅުވެފައެވެ. ރާއްެޖެއިން ބައްޔަށް ޕޮޒިޓިވްވި 18 މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވް ވި ކަން އެނގުނީ އެމީހުން ފުރައިގެން ދިޔަ ފަހުންނެވެ. މިހާރު ފަރުވާގައި ތިބީ ރާއްޖެއިން މިބަލި ޖެހިފައިވާ ތިން ދިވެހީން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު