ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޕްރައިމަރީ ކާމިޔާބުކުރި މިހާރު ވެސް އެ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަތުން އެ ޓިކެޓް އަތުލުމަށްފަހު، ވަކީލު ޢަބްދުﷲ ނަސީރަށް ޓިކެޓް ދޭން އެމްޑީޕީން ނިންމައިފިއެވެ.
ޕްރައިމަރީ ކާމިޔާބު ކުރައްވާ ޓިކެޓް ކަށަވަރު ކުރެއްވިފަހުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ޖާބިރުގެ މައްސަލައެއް ބަލައި، އޭނާ އަތުން ޓިކެޓް އަތުލަން ނިންމައި ޕާޓީން ވެސް ވަކިކުރަން ނިންމާފައެވެ. އެ ޕާޓީން އެގޮތަށް ނިންމީ، މިފަހުން އާންމު ރައްޔިތުން ތިބޭ އެކި ތަންތަނުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަތައް ދައްކާފައިވާ މައްސަލަތައް ފެންމަތިވުމާއި ގުޅިގެން އެ މައްސަލަތައް ބެލުމަށްފަހުއެވެ.
ޓިކެޓް އަތުލުމާއި ގުޅިގެން ޖާބިރު މިހާރުވަނީ ފިޔަވަޅުއަޅާ ކޮމެޓީގެ ނިންމުން އިސްތިއުނާފު ކޮށްފައެވެ.
އިސްތިއުނާފުގެ މުއްދަތު ހަމަނުވަނީސް އެމްޑީޕީން އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި އެ ޕާޓީން ބުނެފައިވަނީ، އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑި ކުޑަތަންވެފައިވުން ކަމަށެވެ.
ނަސީރަކީ ރައީސް ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އަންޑަރ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު