ޚާރިޖީ ވަޒީރު އޮނަރަބަލް ޢަބްދުﷲ ޝާހިދު، ސަޢުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާނާއި، މިއަދު ފޯނުން ގުޅުއްވައި ލައްވައިފި ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން މިކަމާ ގުޅޭ ގޮތުން ނެރެފައިވާ ބަޔާނުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މި ފޯން ކޯލަކީ މިހާރު ހިނގާ ބައެއް ކަންކަން ހިއްސާ ކޮލައްވަން ކުރެއްވި ވަރަށް "ފިނި" ފޯންކޯލެކެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވަނީ، ޝާހިދުގެ މި ފޯން ކޯލްގައި މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ނުރައްކަލުން ދެ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މި ބަލި ފެތުރުނަ ނުދިނުމަށް ދެޤައުމުން އަޅާފައިވާ ފިޔަވަޅުތަކާއި، އަދި މި ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެއިތުރުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދަށް މި ބަލިމަޑުކަމުގެ ސަބަބުން ކުރަމުންދާ އަސަރުތަކުގެ ތަފްސީލް ޚާރިޖީ ވަޒީރު ޝާހިދު ސަޢުދީގެ ޚާރިޖީ ވަޒީރާ ޙިއްސާ ކުރެއްވި ކަމަށްވެއެވެ. ސަޢުދީ އަރަބިއްޔާއިން މި ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދެހަރަމްފުޅު ބަންދު ކުރައްވައި މުޅި އިސްލާމީ އުއްމަތުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފް ކުރައްވައި މި ބަލިމަޑުކަމާއި ގުޅިގެން ޖީ20 ގެ ޤައުމުތަކުގެ ކުއްލި ބައްދަލުވުމަކަށް ސަޢުދީ އިސްވެ އޮވެ ގޮވާލައްވާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވިކަމަށް ވެސް ބަޔާނުގައި ވެއެވެ.
އަދި ސައުދީއަށް އަމާޒުކޮށް މި ހަފްތާގައި ދިން މިސައިލް ޙަމަލާތައް ކުށްވެރިކޮށް، ދިވެހިސަރުކާރާއި، ރައްޔިތުންން ތިބީ ސަޢުދީ ސަރުކާރާއި، ރައްޔިތުންނާއި އެކުގައިކަން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފާހަގަ ކުރެއްވިކަމަށް ބުނެފައިވެއެވެ. މީގެއިރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަަމަށް ބަޔާނުގައި ބުނެފައިވާއިރު މިފަދަ ދަނޑިވަޅެއްގައި ސަޢުދީ ސަރުކާރުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް އެހީއެއް ހޯއްދެވުމާ ބެހޭ އެއްވެސް ބާހަކައެއް ދެއްކެވި ކަމެއް ބަޔާނަކު ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު