އިންޑިއާއިން ގެނައި ކާޑުގެ ބާވަތްތަކުގެ ޝިޕްމެންޓް ވިޔަފާރި ބަނދަރަށް ބާލަނީ
އިންޑިއާއިން ގެނައި ކާޑުގެ ބާވަތްތަކުގެ ޝިޕްމެންޓް ވިޔަފާރި ބަނދަރަށް ބާލަނީ
އިންޑިއާއިން ރާއްޖެއަށް ނުގެނެވިހުރި ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި ބުރާސްފަތި ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދުރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދެވޭނެކަމަށެވެ. އެއަށްފަހު، ބުރާސްފަތި ދުވަހު އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި މިބޭސްތައް ރާއްޖެއަށް ގެންނޭނެ ކަމަށް ބުނެފައި ވެއެވެ. މިއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓެކެވެ.

ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ މުދާ އިންޑިއާއިން އިމްޕޯޓްކުރަމުންދާއިރު، މިތަކެތި ރާއްޖެ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާވިޔަ ނުދިނުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މިދިޔަ ހަފުތާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ މަޝްވަރާކުރައްވާފައެވެ. އަދި ފޯނުން ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި، އެއްވެސް މެދުކެނޑުމެއް ނެތި ބޭހުގެ ބާވަތްތަކާއި، ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާއިން މިނިސްޓަރ ޝާހިދަށް ވަނީ އަރުވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. ރާއްޖެ އަށް މިކަމުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ގައުމުން ވަނީ ބޭސް އެކްސްޕޯޓު ކުރުން މެދުކަނޑާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން