އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރ ހުޅުވުން
އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރ ހުޅުވުން
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވައި މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ.

މިއާއެކު އައްޑޫގައި ޑައިލިސިސްގެ ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު، ޚިދުމަތް ލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.

ކުރީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދާފައިވާ އާ ހޮސްޕިޓަލުން ޚިދުމަތްތައް ދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެތަނުން އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް އަދިވެސް ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން