ޖަނަވަރީ މަހުގެ ފަހުކޮޅު އަތުލައިގަތް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން
ޖަނަވަރީ މަހުގެ ފަހުކޮޅު އަތުލައިގަތް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން
ޖަނަވަރީ މަހުގެ ފަހުކޮޅު އަތުލައިގަތް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ބައެއްގެ މައްޗަށް ދަޢުވާކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް، ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން އެދިފައި ވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއިރު، އޭގެ ތެރެއިން އަރުޝަދު ނަމަކަށް ކިޔާ މީހާ ފިޔަވައި ދެން ތިބި އެންމެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މޚީގެކުރިން ވަނީ އަމުރުކޮށްފަ އެވެ. އަދި އަރުޝަދު ބަންދުން ދޫކޮށްލަން އަމުރު ކުރުމުން އެ ނިންމުން ރިވިއު ކުރަން ދައުލަތުން އެދުމުން އެކަމާ މެދު ގޮތެއް ނިންމަން އިތުރު އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖަނަވަރީ މަހުގެ ތެރޭގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިމަހުވެސް ފުލުހުން ވަނީ 61 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން