ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިސްލާމިކް މިނިސްޓަރ، މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސް މީޑިޔާގައި ކުރިއަށް ގެންދަވާ ކީރިތި ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ދަޢުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމަށްވެސް ދެއްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސޯޝަލް މީޑިއާގައި މިވަގުތު އެންމެ މަޤްބޫލުކަމާއެކު ކުރިއަށްދާ ޑރ. ޝަހީމްގެ ޤުރުއާން ޗެލެންޖުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ދަޢުވަތު އާންމު ރައްޔިތުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކަށް ވެސް ގެންދަވަނީ ދެއްވަމުންނެވެ.

މިގޮތުން ޑރ. ޝަހީމް މިހާތަނަށް ދަޢުވަތު ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް ޢަބްދުﷲ އާއި ދާޚިލީ ވަޒީރު އައްޝައިޚް ޢިމްރާން ޢަބްދުﷲ ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން އަބްދުއްރަޙީމް މިހާރު ވަނީ ޑރ. ޝަހީމްގެ ދަޢުވަތު ޤަބޫލު ކުރައްވާ ކިޔަވާވިދާޅު ވިޑިއޯ ވެސް ހިއްސާ ކުރައްވާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ގައްސާން މައުމޫންވެސް ޤުރުއާން ކިޔަވާވިދާޅުވެ ވިޑިއޯ ޝެއަރ ކުރައްވާފައި ވެއެވެ.

މިހާރު ސޯޝަލްމީޑިއާގައި ކުރިއަށްދާ ގުއިފުހޭ ކަރުދާސް ޗެލެންޖުގައި ބައިވެރިވެ ވަޑައިގެންފައިވާ ދައުލަތުގެ އިސް ބޭބޭ ފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ޑރ. ޝަހީމްގެ ޤުރުއާން ޗެލެންޖުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާނެ ކަމަށް "ރަސް އޮންލައިނަށް" ވަނީ މަޢުލޫމާތު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކަމަނަ

01-Apr-2020

މިލިޔުމުން ހީވާާގޮތުން ރާއްޖޭގެ ރައީސަކީ ނަޝީީދުހެން. ރައީސް ނަޝީދާ ނައިބު ރައީސަށް ދައުވަތު ދެއްވި ވާހަކަ.



ޓްރެންޑިން