ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ބަޣާވާތެއް ކުރައްވައި އަދި ތައުބާވެ ވަޑައި ނުގެން ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޑޮކްޓަރ ޝަހީމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު، ދީނީ ޢިލްމްވެރިޔާ ޑޮކްޓަރ ޝަހީމަށް މިފަދަ ރައްދެއް ދެެއްވާފައި މިވަނީ ޑޮކްޓަރ ޝަހީމް މީސް މީޑިއާގައި މިހާރު ކުރިއަށް ގެންދަވާ ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖް ނުވަތަ ޕްރޮގްރާމުގައި ކިޔަވާ ވިދާޅުވުމަށް ރައީސް ނަޝީދަށް ދަޢުވަތު ދެއްވުމާއި ގުޅިގެންނެވެ.
ޑޮކްޓަރ ޝަހީމް މީސްމީޑިއާގައި މިހާރު ކުރިއަށް ގެންދަވާ ޤުރުއާން ކިޔެވުމުގެ ޗެލެންޗަށް ރައީސް ނަޝީދަށް ދެއްވި ދަޢުވަތަށް ރައްދު ދެއްވައި "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑޮކްޓަރ ޝަހީމަކީ ބަޣާވާތެއް ކުރައްވައި އަދި ތައުބާވެ ވަޑައި ނުގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ޑޮކްޓަރ ޝަހީމު އެކަމަށް ތައުބާވެ ވަޑައިގެންނެވީމާ އެމަނިކުފާނަށް ކީރިތި ޤުރުއާނުން އެންމެ ރީތި އެއް ސޫރަތް ކިޔަވާ ވިދާޅުވާނެ ކަަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޝަހީމް ތައުބާވެ ވަޑައިގެންނެވީމާ ކީރިތި ޤުރުއާނުން އަޅުގަނޑަށް އެންމެ ރީތި އެއް ސޫރަތް، ޒަލްޒަލާ ސޫރަތް ނުވަތަ ބަޤަރާ ސޫރަތުން ބައެއް ކިޔައި ދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ ޢިޝާރާތް ކުރައްވަނީ 7 ފެބްރުއަރީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އަންނަން މެދުވެރިވި ހާދިސާއާއި ގުޅުވައިގެންނެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ އޭރު އިދިކޮޅުގައި އިސްކޮށް އުޅުއްވި ބޭފުޅުން ފުލުހުންނާއި ސިފައި ބައިވެރި ކޮށްގެން ބަޣާވާތެއް ކުރައްވައިގެން ކަމަށެވެ. އޭރު އިދިކޮޅުގައި ތިއްބެވި ގިނަ ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރު ހިންގާ ކޯލިޝަންގައެވެ.
ޑޮކްޓަރ ޝަހީމް މިހާރު ކުރިއަށްގެންދަވާ ގުރިއާން ކިޔެވުމުގެ ޕްރޮގްރާމްގައި ސަރުކާރުގެ އިސް ވެރިންނަށާއި ސިޔާސީ ބޭބޭފުޅުންނަށް ގެންދަވަނީ ދަޢުވަތު އަރުވަމުންނެވެ. ބައެއް ބޭފުޅުން މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ޤުރުއާން ކިޔަވާ ވިދާޅުވެ މީސް މީޑިޔާގައި ވީޑިއޯތައް ހިއްސާ ކުރައްވާފައި ވެސް ވެއެވެ. ރައީސް ނަޝީދުގެ އިތުރުން ނައިބް ރައީސް ފައިޞަލް ނަސީމާއި ދާޚިލީ ވަޒީރު ޝައިޚް އިމްރާނަށްވެސް ޝަހީމް ވަނީ މި ދަޢުވަތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު