ޑޮކްޓަރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު
ޑޮކްޓަރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާއި ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމުގެ ހެއްކެއް ދައްކައިފިނަމަ ރައީސް ނަޝީދަށް 150 ހާސް ރުފިޔާއާއި އުމުރާދަތުރެއް ދެއްވައި އެދަތުރުގައި އެއްޗެހި އުފުއްލަވަން ހުންނަވާނެ ކަމުގައި ވިދާޅުވެ ޑޮކްޓަރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސް ނަޝީދަށް ވަރުގަދަ ޗެލެންޖެއް ކުރައްވައިފިއެވެ.

ޑޮކްޓަރ ޝަހީމް މިފަދަ ޗެލެންޖެއް ނަޝީދަށް ކުރައްވައި މިރޭ ޓްވީޓެއް ކުރައްވާފައި މިވަނީ އޭނާ މިހާރު ކުރިއަށް ގެންދަވާ ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެދިވަޑައިގެން ރައީސް ނަޝީދަށް ދެއްވި ދަޢުވަތަކާއި ގުޅިގެން "ރަސް އޮންލައިން" އާއި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ ޝަހީމަށް ވަރުގަދަ ރައްދެއް ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު މިރޭ "ރަސް އޮންލައިން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޑޮކްޓަރ ޝަހީމް ދެއްވި ދަޢުވަތު ގަބޫލުފުޅުކުރައްވައި އެޕްރޮގްރާމްގައި ބައިބެރިވެ ވަޑައިގަންނަވާނީ ޑޮކްޓަރ ޝަހީމް ތައުބާވެ ވަޑައިގެންނެވުމުން ކަމަށެވެ. ޝަހީމަކީ ބަޣާވާތެއް ކުރައްވައި ތައުބާވެވަޑައި ނުގެން ހުންނެވި ބޭފުޅެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.



ނަޝީދުގެ މި ބަސްފުޅަށް ޗެލެންޖް ކުރައްވާކަމަށް ވިދާޅުވެ ޑޮކްޓަރ ޝަހީމު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 7 ފެބްރުއަރީއާއި އެއާއި ގުޅޭ 22 ދުވަހުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެ ވަޑައިގެންފައިވާކަން ސާބިތު ކުރުމަށްޓަކާ އޭނާ ފެންނަ މަންޒަރާއި އަޑުން ނުވަތަ ފޮޓޯއަކުން ވެސް ދައްކައިފި ނަމަ ރައީސް ނަޝީދަށް 150 ހާސް ރުފިޔާއާއި އުމުރާ ދަތުރެއް ހިލޭ ދެެއްވާނެ ކަމަށެވެ. އަދި އެދަރުގައި ރައީސް ނަޝީދުގެ އެއްޗެއްހި އުފުއްލަވާނީވެސް އޭނާ ކަމުގައި މި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝަހީމު ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި ބަޣާވާތެއް ކުރެއްވި މީހެއް ނޫންކަމަށެވެ. "އަޅުގަނޑުގެ ބައްޕަ ވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލަވެސް އެތެރެ ނުކުރޭ. އަޅުގަނޑުގެ ކާފަވެސް ބަޣާގާވާތެއް ނުކުރޭ.. ފިސްތޯލަވެސް އެތެރެނުކުރޭ.." ޝަހީމްގެ އާއިލީ ނަންތަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.



ޑޮކްޓަރ ޝަހީމު ވިދާޅުވީ އޭނާ އޭރު ހުންނެވީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން މެލޭޝިޔާގައެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގެންނެވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 17 ގައި ކަމަށާއި އަދާލަތު ޕާޓީގެ އެދުމަކަށް ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ 19 ފެބްރުއަރީގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑޮކްޓަރ ޝަހީމް ކުރިއަށް ގެންދަވާ ޤުރްއާން ކިޔެވުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަށް ގެންދަވަނިީ ދަޢުވަތު ދެއްވަމުންނެވެ. އޭގެތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ބޭފުޅުން ހިމެނެއެވެ. އެގޮތުން ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމަށާއި ހޯމް މިނިސްޓަރ ޝައިޚް އިމްރާނަށްވެސް ޝަހީމްގެ ޤުރުއާން ޗެލެންޖަށް ދަޢުވަތު ދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ފަގީރުކޮއި

03-Apr-2020

ފަގީރު ކޮއި އައްނިއައް މިވަރުކަމެއް ކޮށްލަން ނުކެރުނީތާ?


6

ޙފުރ

02-Apr-2020

ޕިސް..އަންނި ތިއޮތީ ނަސީބް އަތުގަ ހިފާފަ!!


11

ފަގީރު މީހާ

01-Apr-2020

ޜިސްވަތަން ނޫނެ ބުނެވޭނީ


10

ޏ

01-Apr-2020

އުމުރާއަށް ވެސް ނުދާން ފައިވިއްދާފަ މިކަލޭގެ އެބަޖެހޭ އިސްލާމްދީނަށް ވައްދަން . އެއްޗެހި އުފުލައިދީ ފައިސާވެސްދޭނަމޭވިދާޅުވީމަ އެބަޖެހޭޗެލެންޖު ގަބޫލު ކުރަން .



ޓްރެންޑިން