ނިމިދިޔަ މާރޗް މަހުގެ 14 ގެ ފަހުން އިނގިރޭސި ވިލާތުން ރާއްޖެއައި ހުރިހާ އެންމެން ކޯވިޑް-19 އަށް ޓެސްޓްކުރާނެކަމަށް އެޗް.ޕީ.އޭ އިން ބުނެފިއެވެ.
ކޯވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، މާރޗް 14 އިން 19 އާ ދެމެދު އިނގިރޭސި ވިލާތުން އައި ހުރިހާ އެންމެން އަދި އެމީހުންނާ ކޮންޓެކްޓްވި އެންމެން ޓެސްޓްކުރާނެކަމަށެވެ.
އިތުރަށް މަބްރޫކް ވިދާޅުވީ، މިގޮތަށް ޓެސްޓްކުރަން ނިންމާފައިވަނީ، އިނގިރޭސިވިލާތުން ރާއްޖެއައި 3 ދިވެހީން ކޯވިޑް-19 އަށް ފައްސިވެފައި ވާތީއެވެ. އަދި މިކަން ކުރަނީ އިނގިރޭސިވިލާތުން ރާއްޖެއައި މީހުން އަދި އެމީހުންނާ ކޮންޓެކްޓްވި މީހުންގެ ހަށިގަނޑުގައި ވައިރަސް ނެތްކަން ޔަޤީންކުރުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ތިން ދިވެހިންނަކީވެސް އިނގިރޭސި ވިލާތުން އެނބުރި އައިސް ރާއްޖޭގައި ކަރަންޓީނުގައި ތިބި މީހުންނެވެ. އެންމެ ފަހުން ބަލި ޖެހިގެން ޕޮޒިޓްވީ ކުރިން ޕޮޒިޓިވް ވި މީހާއާއި އެއްކޮޓަރިއެއްގައި ހުރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު