ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުގައި- މަޖިލިސް ޖަލްސާތައް މިހާރު ގެންދަވަނީ އޮންލައިންކޮށް
ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތުގައި- މަޖިލިސް ޖަލްސާތައް މިހާރު ގެންދަވަނީ އޮންލައިންކޮށް
‎ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކޯވިޑް-19 އަށް ޓެސްޓް ކުރައްވަން ތައްޔާރަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

‎މާވްޗް މަހުގެ 14 އިން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޯވިޑް-19 އަށް ޓެސްޓުކުރަން މިހާރު ވަނީ ނިންމާފައެވެ.

‎ރައީސް ނަޝީދު މިމަހު 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުއް ކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެ ދަތުރުފުޅުކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ އެންމެން ކޯވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ.

‎އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރައްވަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ނެރުނު ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން