ޑިރެެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އިބްރާހީމް
ޑިރެެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އިބްރާހީމް
މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 11:00 އިން ހެނދުނު 6:00 އާއި ދެމެދު ފިހާރަތައް ހުޅުވުން މަނާކޮށްފިއެވެ.

ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް ރޭ ނެރުއްވި އަމުރެއްގައި ވަނީ މިރޭ މެންދަމު ބާރައިން ފެށިގެން ވަކި ގޮތަކަށް އަންގަވަންދެން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ހެނދުނު 06:00 ފިހާރަތައް ހިންގުން މަނާކޮށްފައިވާ ކަމަށެވެ.

އަދި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް ރޭގަނޑު 12:00 އިން ހެނދުނު 06:00 އަށް މެދުކަނޑާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރުން ހަވީރު 5:00 އިން ހެނދުނު 06:00 އަށް ވަނީ މަނާ ކޮށްފައެވެ.



މިއީ ކޯވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރޭގައި ހުމެނިގެން އެޅުއްވި ފިޔަވަޅެއް ކަމަށާއި، މި އެންގުން ތަންފީޒް ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޑިރެކްޓަރ ޖެނެރަލް މައިމޫނާ އިބްރަހީމްގެ އަމުރުގައި އަންގަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން