ޕްރޮފެސަރ އުގައިލް އއ. އުކުޅަހަށް ކުރެއްވި ޒިޔާރަތެއްގައި އުކުޅަހު ކައުންސިލުން މަރުޙަބާ ދައްނަވަނީ
ޕްރޮފެސަރ އުގައިލް އއ. އުކުޅަހަށް ކުރެއްވި ޒިޔާރަތެއްގައި އުކުޅަހު ކައުންސިލުން މަރުޙަބާ ދައްނަވަނީ
ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެކަމަށާއި އޭގެ ބަދަލުގައި، އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަތުމާއި، އޯގާވެރިވުމާއި، ލޯތްބާއި، އަޅާލުން ދެވިއްޖެނަމަ ކޮންމެ ފަދަ ހާލަތަކުން ވެސް މީހަކު ސަލާމަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ނަސޭހަތުގެ މި ބަސްކޮޅުގައި ކަންކަމުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި އުއްމީދީ ވިސްނުމަކުން ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އުގައިލް ވިދާޅުވީ އެއީ ކޮންމެފަދަ ކަމެއް ހާސިލުކުރުމަށް ވެސް އަދި އުއްމީދު ކުރާ ކުރިމަގަށް ވާސިލުވުމުގެ ވެސް ރާސްތާއެވެ.

"އެއީ، ކަންކަން ހަމަމަގަށް އަޅުވާލުމަށް އިންދާލެވޭ އޮށެކެވެ. އަދި މުޖުތަމައެއްގައި ސުލްހަމަސްލަހަތު ގާއިމުކުރުމުގެ އަސްލެވެ." ޕްރޮފެސްރ އުގައިލްގެ ލިޔުއްވުމުގައި ވެއެވެ.



ނަފްރަތާއި ރުޅިއިސްކުރުން އެއީ ސާދާ ދިރިއުޅުމެއްގައި އޮންނަން ޖެހޭ އެއްޗެއް ތޯ ސުވާލު އުފައްދަވަކުން ފައްއްޓަވާފައިވާ މިނަސޭޙަތުގެ ބަސްކޮޅުގައި

މީހަކާއި ވާހަކަ ދައްކާއިރު، އޭނާ އެދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމަކީ އާދައަކަށް ހެދޭތޯ އަބަދު ވެސް ބައްކަވާ ކަމުގައި އުގައިލް ވިދާޅުވެފައިވެއެވެ.

"އާންމުގޮތެއްގައި، އެދައްކާ ވާހަކައެއްގެ ރާގާއި އަދި ވަކިން ޚާއްޞަކޮށް އެމީހާގެ ވާހަކައިގައި އުއްމީދީ އަދި ނާއުއްމީދީ ބަސްތައް ބޭނުންކުރަނީ ކިހާމިންވަރަކަށްތޯ ބެލުމަކީ ވެސް އަޅުގަނޑު ކުރާކަމެކެވެ. މިއީ، އެމީހެއްގެ ހިތްހެޔޮ މިންވަރު ދަނެގަތުމަށް ވަރަށް ފަސޭހަ ވެސް ގޮތެކެވެ." އުގައިލްގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

އިންސާނެއްގެ ސިކުނޑީގައި ނަފްރަތު އުފެދިގެން އަންނަނީ އޭނާ އަށް ބޭނުންކުރެވޭ ނާއުއްމީދީ ބަސްތަކާއި އަދި ނޭއްގާނި ޚިޔާލާއި ފިކުރުން ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވެއެވެ. ނަފްރަތާއި ރުޅިވެރިކަމަކީ އެކަމުން އިންސާނާއަށް ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުން ވެސް ވޭންތަކެއް ތަހައްމަލް ކުރަން ޖެހޭ ފަދަ ކަމެއް ކަމުގައިވެސް އުގައިލް ވިދާޅުވިއެވެ.

"އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިކޮށް، އެމީހާ ޖިސްމާނީ ގޮތުން ބަލިމީހަކަށް ހަދާލަ އެވެ. މީހެއްގެ ކިބައިގައި އަނެކާއަށް ނަފްރަތު އުފެދިއްޖެ ނަމަ، ހަށިގަނޑުގައި ކެންސަރު އުފެދި އެބަލި ހަށިގަނޑުގައި ފެތުރިގެންދާހާ ބާރުމިނުގައި، މީހާގެ ޖިސްމާ އަދި ނަފްސު އެކަމަށް ވެރިވެގަނެ، އެކަމުގެ އަސަރު މުޅި މިހާއަށް ކުރެ އެވެ. މި ސަބަބާއި ހުރެ، ނަފްރަތާއި، ރުޅިވެރިކަން އުފައްދައި އެއް އިންސާނަކު އަނެއް އިންސާނަކަށް ގެއްލުންދިނުމުގެ ނިޔަތް ބަލައިގަނެވޭނީ ޝައިތޯނީ އަމަލެއްގެ ގޮތުގައެވެ." އުގައިލް ލިއުއްވާފައި ވެއެވެ.

އެހެންކަމުން، ނަފްރަތާއި ރުޅިވެރިކަމުގެ އުނި ސިފަ އެއްފަރާތްކޮށް ކަންކަމުގައި ރަނގަޅު ވިސްނުން ހިޔާރު ކުރުމަކީ އުޖާލާ މުސްތަގުބަލަކަށް އޮތް އެންމެ އަލި މަގުކަމުގައި ބެލުމަށްވެސް ޕްރޮފެސަރ އުގައިލް އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި މިއީ މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް އަޅުގަނޑުމެންނަށް މިކަމުގައި ދައްކަވާފައި އޮތް ރީތި މަގު ކަމުގައިވެސް ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން