މައްކާގައި ހުންނަ ގެފުޅު
މައްކާގައި ހުންނަ ގެފުޅު
މިހާރު މުޅި ދުނިޔޭގައި ފެތިރެމުންދާ ކޮރޯނާ ވައިރަސްގެ ހާލަތަށް ބަލާފައި ނޫނީ މިއަހަރުގެ ހައްޖު ދަތުރު ނުރޭވުމަށް ސަޢުދީ ޢަރަބިއްޔާއިން މުޅި އިސްލާމީ އުއްމަތަށް ގޮވާލައިފިއެވެ.

ސަޢުދީގެ މިނިސްޓަރ ފޯރ ހައްޖު އެންޑް އުމްރާ އަންގާރަ ދުވަހު ޤައުމީ ޓީވީގައި ދެެއްކެވި ވާހަކަފުޅަކާ ހަވާލާދީ އަލްޖަޒީރީއިން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ރޯގާ ބަލިމަޑުކަން ކޮންޓްރޯލް ވަމުންދާ މިންވަރަށް ބަލާފައި ނޫނީ ހައްޖު ދަތުރު މިއަހަރު ނުރޭވުމަށް ސަޢުދީ ސަރުކާރުން އެދިފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން މިއަހަރުގެ ކުރީކޮޅު ސަޢުދީ ސަރުކާރުން ވަނީ އުމުރާ ދަތުރުތައް ވެސް މުޅިއަހަރަށް ހުއްޓާލާފައެވެ. ސަޢޫދީ ސަރުކާރުން މިފިޔަވަޅު އަޅާފައިވަނީ އުމްރާގެ އަޅުކަމަށް ޖަމާވާ މީހުންގެ މެދުގައި މި ބަލިމަޑުކަން ފެތުރިދާނެތީ މުސްލިމުން މި ބަލިމަޑުކަމަށް ރައްކާތެރިކޮށް ސަލާމަތް ކުރުމަށް ކަމުގައި އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.

ހައްޖުގެ އަޅުކަމުގެ ދުވަސްވަރު އާންމު ގޮތެއްގައި 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ޒިޔާރަތްކުރެއެވެ.

ހައްޖާއި އުމްރާއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ސަޢުދީ ސަރުކާރުން އޮތީ ހައްޖާއި އުމްރާއަށް ދާ މީހުންނަށް ޚިދުމަތް ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ކަމަށެވެ.

"އެކަމަކު އަހަރެމެން މި ދައްކަނީ މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ރޯގާ ބަލިމަޑުކަމެއްގެ ބިރުވެރިކަމުގެ ވާހަކަ. ސަޢުދީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ އަހަރެންގެ މުސްލިމް އާޚުންނާއި އުޚުތުންގެ ރައްކާތެރި ކަމާއި އެމިހުން ދުޅަހެޔޮކަމަށް. އެހެންވީމާ އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚުތުންނަށް މިދަންނަވަނީ މި ރޯގާ ބަލިމަޑުކަމުން އަރައިގަންނަންދެން ހައްޖުގެ އަޅުކަމަށް ތައްޔާރުވުން މަޑު ޖައްސާލާށޭ."

ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ސަޢޫދީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހައްޖުގެ އަޅުކަން މިއަހަރު ނުބާއްވާ ގޮތަށް ނިންމުމުގެ އިތުރުން ސަޢުދީއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ވެސް މިހާރުވަނީ ހުއްޓާލާފައެވެ. މީގެއިތުރުން މައްކާއާއި މަދީނާގެ އިތުރުން ސަޢުދީގެ ގިނަ ރަށްތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ސަޢުދީން ވަނީ ރިޕޯޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން