މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ އަހަރީ ހިސާބުން ދައްކާގޮތުގައި މި ކުއާޓާގައި އެސްޓީއޯއަށް ޢާމްދަނީގެ ގޮތުގައި ލިބުނު 4.5 ބިލިއަން ރުފިޔާއަކީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުންކަމަށް ކުންފުނީގެ އަހަރީ ހިސާބުން ހާމަވެގެންދެއެވެ.
އެސްޓީއޯގެ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން އެސްޓީއޯގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 19 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ.

We’ve published our 2024 1st Quarterly Report. Full report at: https://t.co/XYIMoI9gHO pic.twitter.com/P5i4i6TriJ
— STO (@stoplc) April 30, 2024
މީގެއިތުރުން އެސްޓީއޯގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 19 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު