ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
އިދިކޮޅު ފަރާތްތައް އޮތީ ޒިންމާދާރުކަމާއެކު ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އިދިކޮޅު ފަރާތްތައް އޮތީ ޒިންމާދާރުކަމާއިއެކު ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ހަމަނުޖެހުން އުފައްދާ އިޤްތިޞާދަށް ގެއްލުންވާނެ ކަންކަމަށް ގޮވާނުލާނެ ކަމުގައި ޣައްސާނު ވިދާޅުވިއެވެ.

އިޤްތިޞާދީގޮތުން ވެއްޓޭ އަނދަވަޅުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ތިން މަރުހަލާ ކަމުގައިވާ ކުރު ރާސްތާ، މެދުރާއްސާ އަދި ދިގު ރާސްތާ ޕްލޭންގެ ތެރެއިން ދިގު ރާސްތާއަށް ތާއީދު ކުރައްވާ ކަމަށްވެސް ޣައްސާނު މިއަދު ވިދާޅުވިއެވެ. އަދި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާވުން ނިމުމަކަށް ގެންނަންޖެހޭކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޕްރޮގަރާމުގައި ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، އިޤްތިޞާދީ މި ހީނަރުކަމުގެ ސީދާ އަސަރުކޮށްފައިވާ ރައްޔިތުންނަށް ފައިސާދޭނެ ޕެކޭޖެއް ތަޢާރަފު ކުރަންޖެހޭ ކަމަށާއި، އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވަނީ ސިއްޙީ ފަންނުވެރިންގެ އަޑު އައްސަވައިގެން ފިޔަވަޅުތައް އަޅުއްވަމުންދާގޮތަށް އިޤްތިޞާދީ ފަރާތްތަކުގެ އަޑުއައްސަވައިގެން ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން