ދުނިޔޭގައި މިވަގުތުވެސް ތަޢުލީމު އުނގަންނައިދީ، ރިސާރޗްކޮށް، އިންސާނީ ވަސީލަތް ބިނާ ކުރުމުގައި އެންމެ އުހުގައި އުޅެނީ ޕްރައިވެޓް ޔުނިވަރސިޓީ ތަކާއި އެ ޔުނިވަރސިޓީތަކުގެ ކޮލެޖްތަކެވެ. ހަމަ އެކަނި އެމެރިކާއަށް ބަލާލި ކަމުގައި ވިޔަސް، ޕްރައިވެޓް ކޮށް، ޗެރިޓީ ގެ ވިސްނުމުގައި، އަދި ރިސާޗްކޮށް އިންސާނިއްޔަތަށާއި ތަރައްްޤީއަށް މަގުފަހި ކުރުމުގައި، އެންމެ އުފެންދުންތެރި މަރުކަޒު ތަކަކީ ޕްރައިވެޓް ތަންތަނެވެ.
ކުރުކޮށް ބަލާލަމާ ތޯއެވެ! ދުނިޔޭގައި މިވަގުތުވެސް އެންމެ އުހުގައި ގުނާލެވޭ އަންނަނިވި ޔުނިވަރސިޓީ ތަކަކީ ޕްރައިވެޓް ތަންތަނެވެ. ތަނަވަސްކަން ލިބުނު ބައެއް ފަރާތްތަށް އެތަނަވަސްކަން އަންނަން އޮތް ޖީލުތަކަށް ހަދިޔާކޮށް ޢިލްމު ފެތުރުމަށްޓަކައި ވެފައިވާ ދީލަތި ޤުރުބާނީ އަކީ އެއްވެސް ދައުލަތަކަށް ކުޅަދާނަ ވި ކަންކަމެއް ނޫން ކަން ފެންނާން އެ އޮތީއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް މެއެވެ.
ސަރުކާރަކުން ނުވަތަ ދައުލަތަކުން ހިންގާ ޢިލްމު އުނގަންނައިދޭ ތަންތަން ވަޅުޖެހި ޒަމާނާއި އެއްވަރަށް ތަރައްޤީ ނުވެ ކުރިއަށް ނުގޮސް ވާ ސަބަބާއި، ކޮމްޕެޓިޝަނާއި އެކު ޒަމާނީ ތަރައްޤީ އާއިއެކު އަދުގެ ޖީލުތައް ޕްރައިވެޓް އެޑިޔުކޭޝަންގެ ތެރެއިން ކުރިއަށް ގޮސް އެކަމުގެ ނަފާ މުޅި ޤައުމަށް، މުޅިދުނިޔެއަށް ފޯރަމުން ދާ ކަން، ކުޑައިކޮށް ރިސާރޗް ކޮށްލެއްވުމުން، އެންމެ ބަޓަނަކަށް ފިއްތަވާލައްވައިގެންވެސް މިއަދުގެ ޒަމާނުގައި އޮޅުން ފިލާނެއެވެ.
ދުނިޔޭގެ އެންމެންގެ ސަމާލުކަން ލިބިފައިވާ އެމެރިކާގެ ހާވާޑް ޔުނިވަރސިޓީ އަކީ 1636 ވަނަ އަހަރު އެމެރިކާގެ ފުރަތަމަ ކޮލެޖްގެ ގޮތުގައި އުފެއްދި ޕްރައިވެޓް ޔުނިވާސިޓީ އެވެ.
ހަމަ މިބީދައިން އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ މަޝްހޫރު ސްޓެންފޯޑަކީ 1885 ގައި ޕްރައިވެޓްކޮށް އުފެއްދި، އެތަކެއް ޚިދުމަތްތެރިން އުފައްދާފައިވާ ޔުނިވަރސިޓީއެކެވެ.
ހަމަ މިލިސްޓްގައި، އެމެރިކާގެ ނިއުޔޯކުގައި 1754 ވަނަ އަހަރު ވުޖޫދަށް އައި ކޮލަންބިއާ ޔުނިވަރސިޓީއާއި، ބޮސްޓަންގައި 1861 ގައި އެކުލަވާލި މަސަޗޫސެޓް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާއި، 1740 ވަނަ އަހަރު ވުޖޫދަށް އައި ޕެންސިލިވޭނިޔާ ޔުނިވަރސިޓީއާއި، ކެނެޓިކަޓް ގައި ހުންނަ 1701 ވަނަ އަހަރު ވުޖޫދަށް އައި މަޝްހޫރު ޔޭލް ޔުނިވަރސިޓީއާއި، އެމެރިކާގެ މެރީލަންޑް ބަލްޓިމޯގައި ހުންނަ އެމެރިކާގެ ފުރަތަމަ ރިސާރޗް ސެންޓަރ ކަމުގައިވާ 1876 ވަނަަ އަހަރު އުފެއްދި ޖޯންހޮޕްކިންސް ޔުނިވާރސިޓީ އަކީ ޕްރައިވެޓް، އަދި ފިލަންތްރޮޕިކް ޓްރަސްޓީތަކުން އުފައްދާފައިވާ ޔުނިވަރސިޓީތަކެވެ. ޔޫކޭގެ މަޝްހޫރު އޮކްސްބްރިޖް 2 ޔުނިވަރސިޓީ ކަމުގައިވާ އޮކްސްފޯޑާއި ކޭމްބްރިޖަކީ ޕަބްލިކް ޔުނިވަރސިޓީތަކެކެވެ. އެތަންތަނުގެ ހިންގުމުގެ އެއްވެސް ކަމަކަށް އިނގިރޭސި ސަރުކާރުތަކުން ނުވަދެއެވެ.
ދިވެހިރާއްޖެ އަކީ ދައުލަތުގެ ކެރިފޯރުން ތެރިކަން ހުރި މިންވަރަކުން ދިވެހީންނަށް ތަޢުލީމު ދިނުމަށް ސަރުކާރުގެ ބަޖެޓުގައި ހިމަނައި ޕްރައިމަރީން ފެށިގެން ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ތަޢުލީމު ފޯރުކޮށް ދޭ ޤައުމެކެވެ. ޝައްކެތް ނެތެވެ، ރާއްޖޭގައި ޤާނޫނަކުން ކަނޑައަޅާ އުފައްދާފައިވާ 2 ޔުނިވަރސިޓީ އެބަހަރަކާތްތެރި ވެއެވެ. ހަޔާ އެޑިއުކޭޝަން ގައި ޕްރައިވެޓް ސެކްޓާއަށް ފުރުސަތު ހުޅުވާލީ އަދި މި ގުނެނީ ދެވަނަ ދަހަ އެވެ.
ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން އަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަމުން، ބިމާއި އަދި އެނޫންވެސް ރިސޯސް ހިލޭ ދީގެން ހިންގާ ދައުލަތުގެ ޔުނިވަރސީޓީ ތަކުގެ ފެންވަރާއި، މި ދާއިރާ ހަރުދަނާ ކުރުމަށް ކޮޮމްޕެޓިޝަނާއި އެކު ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން ހިންގުމަށް ލިބިފައިވާ ފުރުސަތުގައި، ވިލާ ކޮލެޖް ކުރިއަށް އަޅާފައިވާ ފިޔަވަޅުތައް އެހުރީ ހާމައަށް ފެންނާށެވެ.
ކޮންމެ މިންގަނޑަކުން ބެލިއަސް ކޮލެޖެއްގެ ގޮތުގައި، އަދި އޮތް ވިލާ ކޮލެޖް ވަނީ ދުނިޔޭގެ ރޭންކުގައިވެސް ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖް/ ޔުނިވަރސިޓީގެ ބައިން 1 ވަނަ ތަނުގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
މިއަދުގެ ޒަމާނުގައި އިރުއިރު ކޮޅުން އާ ސަރުކާރުތައް އުފެދޭ އިރު، ޕޮލިސީ އަށް ގެނެވޭ ބަދަލުތަކާއި އެކު ސަރުކާރުތަކުން ހިންގާ ކޮލެޖް/ޔުނިވާސިޓީ ތަކުގެ ހިންގުމަށް ހީނަރުކަން އަންނަކަން ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ހަރުދަނާ ކަމާ އެކު ހިންގާ ޕްރައިވެޓް ކޮލެޖް/ޔުނިވަރސިޓީ ތަކުން ދަނީ އެއްދުވަހަށް ވުރެ އަނެއް ދުވަހު ކުރިއަށް ހަރުދަނާ ފިޔަވަޅުތައް އަޅާ ޒަމާނާއި އެއްވަރަށް އުނގަންނައިދިނުން ތަރައްޤީ ކޮށް މަތީފުރުޞަތު ތައް ދަރިވަރުންނަން ހޯދައިދީފައެވެ.
ވިލާ ކޮލެޖަކީ، ވިޔަފާރިއަކަށް ހިންގާ ތަނެއް ނޫނެވެ. ދިވެހި ވިޔަފާރިވެރިއެއްގެ ހަލާލު މަސައްކަތުން އެމީހާ އަށް الله ދެއްވި ތަނަވަސްކަމުގެ ތެރެއިން ޢިލްމު އުނގަންނައި ދީ ޢިލްމުފެތުރުމުގެ ހެޔޮ ނިޔަތުގައި، ދިވެހި ދަރިވަރުންނަށް ޒަމާނާއި އެއްގޮތަށް އެންމެ މަތީ ފަންތީގައި ތަޢުލީމު އުނގަންނައި ދިނުމުގެ އަހްމިއްޔަތު ކަމުގެ ތެރެއިން އުފައްދާފައިވާ ތަނެކެވެ. ވެޔަތުވި މުއްދަތުގައި ވިލާ ކޮލެޖް ހާޞިލް ކުޅަ ކާމިޔާބާއި، އުފެއްދި ދަރިވަރުންނާއި، ހިފެހެއްޓި ފެންވަރު އެއީ މިކަމުގެ ސާބިތު ހެއްކެކެވެ.
މާދަމާ ވިލާ ކޮލެޖް ޔުނިވަރސިޓީއަކަށް ބަދަލުވުމުން އުޖާލާވެ އަލިވެގެންދާނީ ދިވެހީންގެ މުސްތަޤްބަލެވެ.

ކިޔުންތެރިންގެ ހިޔާލު