ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ހަފްލާއެއް
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ހަފްލާއެއް
ޤައުމީ ޔުނިވަރސިޓީގެ މާލެ އާއި އަތޮޅުތަކުގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ މާރޗް މަހާއި އޭޕްރިލް މަހުގެ ދަނާލު ފީ މަޢާފުކުރުމަށް ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

މި ފިޔަވަޅު އެޅުމަށް އެ ޔުނިވަރސިޓީން ނިންމީ ކޯވިޑް-19 އާ ގުޅިގެން ޔުނިވަރސިޓީގެ ކިޔެވުން ކުރިއަށް ނުގެންދެވޭތީ އާއި އަދި ޤައުމުގެ އިޤްތިޞާދީ ގިނަ ޙަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާތީއެވެ.

ކޯވިޑް-19 އާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ މާރޗް 14 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރެެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ ތިން ދިވެއްސަކަށެވެ. އަނެއް ދެމީހުން ނަކީ ރާއްޖެއިން ފުރިފަހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު ދެމީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން