އިނގިރޭސި ވިލާތުން ރާއްޖެއައި ހަތަރުވަނަ މީހަކު ކޯވިޑް-19 އަސް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައި ޓެސްޓް ކުރި މިމީހާއަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރި ކޮށްފައި ހުރި މީހެއް ކަމަށެވެ.
އެޗްޕީއޭއިން ބުނީ އިނގިރޭސި ވިލާތުން އެނބުރި އައި މި މީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާކަމަށެވެ.
މިއަދު ޕޮޒިޓިވް ވި މި މީހާއާއިއެކު ރާއްޖެއިން ބައްޔަސް ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އެރީއެވެ. ނަމަވެސް ޕޮޒިޓިވް ވި 13 މީހުން މިހާރުވަނީ ރަނގަޅުވެފައެވެ. މިހާރު ފަރުވާގައި ތިބީ އެންމެ ފަހުން ޕޮޒިޓިވް ވި ދިވެހި ހަތަރު މީހުންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒޓިވް ވި ކަން އެނގުނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު